އއ އަދި އދ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި އެމްޑީޕީގެ އިސްބޭފުޅުންގެ ވަފްދެއް އަންގާރަ ދުވަހު ދަތުރުފުޅެއް ފައްޓަވާނެއެވެ. އެމްޑީޕީގެ ރައީސްގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި އިބްރާހިމް ހުސައިން ޒަކީގެ އިސްކޮށް ހުންނަވާ މިވަފްދު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ އދ އަތޮޅުގެ ރަށްތަކަށެވެ. މިގޮތުން އެންމެ ފުރަތަމަ މިވަފްދު ޒިޔާރަތްކުރައްވާނީ ހަންޏާމީދޫއަށެވެ، އެރަށަށްފަހު އަންގާރަ ދުވަހު ދިޔުމަށް ހަމަޖެހިފައިވަނީ އޮމަދޫ، ކުނބުރުދޫ، ދިގުރަށް، ދިއްދޫ އަދި މާމިގިއްޔަށެވެ. މީގެން ކޮންމެ ރަށެއްގައިވެސް ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް […]
[ވިދާޅުވޭ...]
ރާއްޖޭގެ މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލައަކީ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލަކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ. ގއ އަތޮޅުގެ ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ހޮނިހިރު ދުވަހު ކޮލަމާފުއްޓަށް ޒިޔާރަތްކުރެއްވުމަށްފަހު އެރޭ އެރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ކަނޑުތަކުގައި ދާއަޅައިގެން މަސްކޮޅު ގެންދިޔުމުގެ މައްސަލަ އެމްޑީޕީގެ ސަރުކާރަކުން ހުއްޓުވާނެކަމުގައެވެ. އަދި މިކަންކުރައްވާނީ މިހާރު ހަމައެކަނި ގައުމުގެ ރައީސްގެ ސަލާމަތަށްޓަކައި އުޅޭ […]
[ވިދާޅުވޭ...]
ހުކުރުދުވަހުގެ ރޭ މާފަންނު މަދަރުސާގައި އޮތް މިބައްދަލުވުމުގައި މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޒުވާނުން ކިޔަވާކުދިންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖީސީއީ އޯލެވަލް ރަށުން ނިންމުމަށްފަހު އަލުން މާލެ އައިސް ހަމަ އެފެންވަރުގައި ކިޔެވުމަށް އިށީންނަން ޖެހުމެވެ. މިކުދިން ކިޔެވުމަށްޓަކައި އުޅޭ ހާލު އެމްޑީޕީއަށް އެނގޭކަމަށާއި އަދި އެމްޑީޕީގެ ވެރިކަމެއްގައި މިކުދިންނަށް ހިތްހަމަޖެހިގެން ތިބެ، ހާސްކަމެއް ނެތި، މެދުކެނޑުމެއް ނެތި އަދި އަލުން ކިޔެވުމަށް “ރިސިޓް” ކުރަން ނުޖެހޭ ގޮތެއް ހައްދަވާދެއްވާނެ […]
[ވިދާޅުވޭ...]

Mohamed Munavvar: 2,394 (21.4%)
Reeko Moosa: 989 (8.4%)
Mohamed Nasheed (Anni): 7,656 (68.4%)
Invalid Votes: 161 (1.4%)
Total turnout: 11,200.
These results are derived from www.mdp.org.mv on 26th April 2008 at 9:50pm
more information:
Minivan News
Dhivehi Observer
Haveeru News
MDP
[Read More...]
(ތިރީގައި މިވަނީ ކެޕިޓަލް ރޭޑިޔޯ މެދުވެރިކޮށް ފ ފީއަލީން އެމްޑީޕީ ތަމްހީދީ އިންތިޚާބުގެ ކެންޑިޑޭޓު، މުހަންމަދު ނަޝީދު (އަންނި) ދެއްވާފައިވާ އިންޓަވިއުއެކެވެ.) އަހްމަދު ނަސީރު: ޕްރޮގްރާމް ލައިވްކޮށް އަޑުއައްސަވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ އާދެ ފީއަލީގެ މިހިތްގައިމު ރަށުގަ މިހިތްގައިމު މާހައުލުގަ އަޅުގަޑުމެން މިތިބީ. ކުރިއަށް އޮތް ޕްރޮގްރާމް ބަދަލުކޮށްލައިގެން ނަމަވެސް އަޅުގަޑަށް ލަފާކުރެވޭގޮތުން ތިޔަބޭފުޅުންނަށް ވަރަށް މުހިންމު މައުލޫމާތުކޮޅެއް މިޕްރޮގްރާމުން ލިބިވަޑައިގަންނަވާނެ. އާދެ ޕްރޮގްރާމް ފެށުމުގެގޮތުން އަޅުގަޑު ކެންޑިޑޭޓު އަރިހުން އެދެނީ މިރޭގެ ސުރުހީއާ ބެހޭގޮތުން […]
[ވިދާޅުވޭ...]
ދެ ދައުރަށްވުރެ ގިނަ ދުވަހު ވެރިކަން ކޮށްފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭގޮތަށް އިސްލާހުކުރެވޭ ގާނޫނު އަސާސީގައި ފާސްކުރެވިފައި އޮއްވާވެސް މައުމޫނު އަބްދުލްގައްޔޫމު ރައީސްކަމަށް އަލުންވެސް ކުރިމަތިލައްވާނެކަމަށް ވިދާޅުވަމުން ގެންދަވާތީ ކުރެވުނު ސުވާލެއްގެ ޖަވާބުގައި “އަޅުގަޑުމެން ބޭނުންވަނީ މައުމޫނު ކުރިމަތިލައްވަން” ކަމުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ މުހަންމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ. “އެ މަނިކުފާނަށް ކުރިމަތިލެއްވޭނެ ގާނޫނީ ހަމައެއް ނެތްކަމުގައިވިޔަސް މައުމޫނު އެވިދާޅުވަނީ ކުރިމަތި ލައްވާނަމޭ! ގާނޫނު އަސާސީއާއި އެކިއިރު އެކި ދަރަޖައަށް އެކިވަރަށް […]
[ވިދާޅުވޭ...]
އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި އިސްކަންދެވޭނީ ހަމައެކަނި ބައިބޯ ރަށްރަށަށް ނޫންކަމަށާއި އެގޮތުން ބަލާއިރު މާފިލާފުއްޓަކީވެސް ވަރަށް މުހިންމު ރަށެއްކަމުގައި އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވާ މުހަންމަދު ނަޝީދު އަންނި ވިދާޅުވެއްޖެއެވެ. އިންސާނީ ތަޖްރިބާ ދައްކާ ގޮތުގައި މަދު މީސްކޮޅަކަށް ލިބޭ ފައިދާގެ ސަބަބުން މުޅި ގައުމަށް އެކަމުގެ މަންފާ ކޮށްފައި އެބަހުރިކަމުގައި ވިދާޅުވަމުން، ލިބިދާނެ ވޯޓުގެ އަދަދާ ގުޅުވައިގެން ތަރައްގީ ބަހާލުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫންކަމަށް އަންނި ފާހަގަކުރެއްވިއެވެ. އޭނާގެ ރިޔާސީ […]
[ވިދާޅުވޭ...]