ރައްޔިތުންގެ ދިރިއުޅުމަށް ހޭދަކުރަންޖެހޭ އަގު ތިރިކޮށްދިނުމަށް އެމްޑީޕީންގެން ގުޅޭނެ ސިޔާސަތުގެ ބިންގަލަކީ ސަރުކާރުގެ އިޝްރާފު މަދުކޮށް ބޭއިންސާފު ޓެކްސްތައް ކަނޑާލުން ކަމުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އަންގާރަ ދުވަހު އެމްޑީޕީގެ ސަރުކާރަކުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ތިރިކޮށްދޭނެކަމަށް ވެފައިވާ ވައުދު ފުއްދާން ބޭނުންކުރާނެ ސިޔާސަތު ހާމަކުރުމަށްޓަކައި މިއަދު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އަލްފްރެސްކޯ ކެފޭގައި ބެއްވި ނޫސްކޮންފަރެންސްގައެވެ. ނަޝީދު ހާމަކުރެއްވި ގޮތުގައި ތަކެތީގެ އަގު […]
[ވިދާޅުވޭ...]
ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިޔުމަކީ ކުށަކާނުލާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށާއި މިއީ މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނެކޭ
އެއްވަރަށް ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް އަދި ސަރުކާރަށްވެސް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެކަމެއްކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން މިހަފްތާގެ “ވަޢުދު ކަމުގައިވާ ދިރިއުޅުމުގެ އަގު ތިރިކުރުން” އާއްމުކުރުމަށްޓަކައި އެމްޑީޕީގެ ހަރުގޭގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ގައުމެއްގެ އިޤްތިސާދު ހަލާކުވުމަށް ދިމާވާ އެންމެ އިސް ސަބަބަކީވެސް ދިރިއުޅުމުގެ އަގު ރައްޔިތުންގެ އަތްމައްޗަށް ނުކުޅަދާނަވަރަށް މަތިވެގެން ދިޔުމެވެ.
[ވިދާޅުވޭ...]
އަނެއް ދިވެހި ރާއްޖޭގެ ކެމްޕެއިން އިން ޒުވާނުންނަށް އަމާޒުކޮށް ފްރީ މިއުޒިކް ޖޭމް ސެޝަނެއް ބާއްވައިފިއެވެ. ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގެ ހިތްފަސޭހަ މައިޒާނުގައި ބޭއްވި މި ޖޭމް ސެޝަނުގައި ތިން ބޭންޑަކުން މިއުޒިކް ކުޅެފައިވެއެވެ. އަދި ވަކި ފަންނާނުންގެ ހުނަރުތައްވެސް މިތަނުން ފެނިގެން ގޮސްފައިވެއެވެ. އަނެއް ދިވެހި ރާއްޖެ ކެމްޕެއިންގެ ޔޫތު ގްރޫޕުން މައުލޫމާތު ދޭގޮތުގައި މި ސެޝަނުގައި ކުޅުނު ބޭންޑްތަކަކީ މޮބައިލް ޕަލްޕް، ފިޔުލް އިންޖެކްޝަން އަދި ކުރީގެ މަޝްހޫރު ބޭންޑް ސީޗައިލްޑްގެ […]
[ވިދާޅުވޭ...]
. އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)ގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ހަފްލާއަށް ތައްޔާރުވުން ވަރަށް ފޯރިއާއި އެކު ކުރިޔަށް އެބަދެއެވެ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަން ހަމަޖެހިފައިވާ މި ހަފްލާއަށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ކުރިޔަށް ދާނެއެވެ. އަދި ބުދަ ދުވަހުގެ މެންދުރުން ފެށިގެން މި ރަސްމިއްޔާތަށް އާއްމު ރައްޔިތުންނަށް ދައުވަތު ބަހަމުން ގެންދާކަމަށްވެސް ކެމްޕޭން ޓީމުން ހާމަކުރެއެވެ. އޮފީސްތައް ނިމޭގަޑީގައި އެސަރަހައްދުތަކަށް ދައުވަތު ބަހަމުން ގެންދާކަމަށާއި […]
[ވިދާޅުވޭ...]
ހުވަދު އަތޮޅުގެ ދެބުރިއަކީ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ދެއަތޮޅުކަމަށާއި މުޅި ހުވަދޫން އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބޭނެކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ މާލޭގައި ދިރިއުޅެމުންދާ ގދ އަތޮޅުގެ ރައްޔިތުންނާއި ބުދަ ދުވަހު އެމްޑީޕީގެ ހަރުގޭގައި ބައްދަލުކުރައްވަމުންނެވެ. މިބައްދަލުވުމަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ މަސައްކަތުގައި ގދ އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވުމަށް އެދެމުންދާތީވެ އެކަންތަކުގައި އެންމެ ބޮޑަށް އުޅެވޭނެ ގޮތެއް ހޯދުމަށާއި ކެންޑިޑޭޓް […]
[ވިދާޅުވޭ...]
ސުނާމީގައި ގެދޮރު ގެއްލި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ފަސްހާހަށްވުރެ ގިނަ މީހުންނަށް އެމްޑީޕީގެ ސަރުކާރަކުން އެއްއަހަރުތެރޭގައި އިންސާނުން ދިރިއުޅޭން ކަމުދާ ފެންވަރުގެ ދާއިމީ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވަޢުދުވެވަޑައިގެންފިއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ނޫސްވެރިންނަށް ތަފްސީލުކޮށްދިނުމަށް އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެމްޑީޕީގެ ހަރުގޭގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު […]
[ވިދާޅުވޭ...]