29-03-2008- ދިޔަމިގިލީ ރައްޔިތުންގެ ބޭނުންތަކާމެދު މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅުއްވައިދެއްވާނޭ ކަމުގައި ކޮޅުމަޑުލުގައި ރިޔާސީ ކެމްޕެއިން ކުރައްވަމުންގެންދަވާ މުހައްމަދު ނަޝީދު އަންނި ބުނުއްވައިފިއެވެ. އަންނިގެ ކެމްޕޭން ޓީމް މިއަދު ލ. ކައްދޫމަގުން ފުރަތަމަ ދަތުރުކުރެއްވީ ތ. ދިޔަމިގިއްޔަށެވެ. އެރަށު އަތިރިމަތީހުރި ދިއްގާގަސްތަކެއްގެ ހިޔަލުގައި މިއަދު މެންދުރު ނަމާދަށްފަހު ރައްޔިތުންނާއި މުޚާތަބުކުރައްވަމުން އަންނި ފާހަގަކުރެއްވި ގޮތުގައި ދިޔަމިގިއްޔަކީ ފަހަކަށް އައިސް މެދުވެރިވެފައިވާ ދެތިންކަމެއްގައި އެރަށުގެ އެތައް ޢާއިލާއަކަށް ހިތާމަވެރިކަމާ ކުރިމަތިލާންޖެހިފައިވާ ރަށެކެވެ. މިހާރުގެ ސަރުކާރުން ރައްޔިތުންނާ އަޅުއްވާލެއްވުމުގައްޔާއި ބޭނުންތައް […]
[ވިދާޅުވޭ...]
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަމުން ގެންދަވާ މުހަންމަދު ނަޝީދު އަންނިގެ ކެމްޕޭންގައި 10 މެންބަރުންގެ ޓީމަކާއެކު މިއަދު ތ.އަތޮޅަށް ކުރައްވާ ދަތުރެއް ފައްޓަވައިފިއެވެ. މުހަންމަދު ނަޝީދު ކޮޅުމަޑުލަށް ކުރައްވާ މިދަތުރުގައި އެއަތޮޅުގެ ކަމުވޮށި ބައެއް ފަރާތްތަކުން ބައިވެރި ވެލައްވައެވެ. ކެމްޕެއިން ޓީމް ޒިޔާރަތް ކުރާނެ ރަށްތަކުގެ ތެރޭގައި ދިޔަމިގިލި، ގުރައިދޫ، ގާދިއްފުށި، ކިނބިދޫ އަދި އޮމަދޫ ހިމެނެއެވެ. މިއިން ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ މެންބަރުންގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމާއި، ކެންޑިޑޭޓް ރައްޔިތުންނާއި މުޚާތަބް ކޮށްލެއްވުން […]
[ވިދާޅުވޭ...]
ކޮލަމް ލިޔުއްވީ: މުހައްމަދު ނަޝީދު ގ. ކެނެރީގެ އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އަޅުގަނޑުމެން ގއ. ވިލިނގިއްޔަށް އައީ 2005 ވަނަ އަހަރުގެ ވަރަށް ކުރީކޮޅުގައެވެ. ޕާޓީގެ ނިސްބަތުން ބޮޑު ވަފްދަކާއި އެކުގައެވެ. ސުނާމީގައި ގެދޮރު ގެއްލިފައިތިބި އެތައްބަޔަކާއި ދިމާވިއެވެ. ވަގުތީ ހިޔަލުގައި ދިރިއުޅޭ މީހުންނެވެ. ވިލިނގިލީ ފިޔަޖަހާގޭ ފާތުމަތު ހަސަން އަށް ސުނާމީގެ ވަގުތީ ހިޔަލެއް ލިބުނީ ހަމަ ކިރިޔާއެވެ. ސުނާމީގެ ބޮޑުރާޅު ވިލިނގިއްޔަށް އެރިއިރު ފާތުމަތު ހަސަން ދިރިއުޅެނީ އޭނާގެ އަމިއްލަ ގެއެއްގައެއް ނޫނެވެ. އޭނާއަކީ […]
[ވިދާޅުވޭ...]
24 މާޗް 2008 – އެމްޑީޕީ ގެ ރިޔާސީ ޕްރައިމަރީސް ގައި ވާދަކުރައްވަމުން ގެންދަވާ މުހަންމަދު ނަޝީދު އަންނި ގެ ރިޔާސީ ކެމްޕެއިން ހުވަދޫ އތޮޅުގައިވެސް ކުރިއަށް ގެންދެވުމުގައި މިހާރު ހަތް ރަށަކަށް ޒިޔާރަތްކުރެއްވުމަށްފަހު މިއަދު ހަވީރު ކޮލަމާފުއްޓަށް ވަޑައިގެންފިއެވެ. 22 މާޗް 2008 ދުވަހު ހުވަދު އަތޮޅުގެ ދެބުރިއަށް އަންނި ފެއްޓެވި ކެމްޕޭން ދަތުރުގެ ދެވަނަރޭ އެކުގައިދަތުރުކުރައްވާ 10 މެމްބަރުންގެ ވަފްދާއި އެކު އޭނާ ހުންނެވީ ގައްދޫގައެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލް ކަމުގައިވި އާބާދީގައި […]
[ވިދާޅުވޭ...]
ހދ. ހަނިމާދޫ، ރޭގަނޑު 11:30 – ކުރިމަތިވަމުން އަންނަ އެމްޑީޕީގެ ރިޔާސީޕްރައިމަރީ އަށް ވާދަކުރެއްވުމުގެ ކެމްޕޭންގައި ތިލަދުންމައްޗަށް ވަޑައިގެން އުޅުއްވާ އެޕާޓީގެ އެއްކޮއްލި ގޮފީގެ މެމްބަރ ގ. ކެނެރީގެ މުހަންމަދު ނަޝީދު،އަންނި ގެ މިދަތުރުގެ ފަހު ޖަލްސާ ހުކުރު ވިލޭރޭ ހަނިމާދޫގައި ބޭއްވުމަށް ފަހު ހަމަ އެރޭގެ ދަންވަރު ފްލައިޓުން މާލެ ވަޑައިގަންނަވާ ގޮތައް ހަމަ ޖެހިފައިވާ ކަމަށް މިކެމްޕޭން ގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙަންމަދު ޒުހޭރު މަޢުލޫމާތު ދެއްވައެވެ. ހއ. ދިއްދޫ […]
[ވިދާޅުވޭ...]
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް އެޕާރޓީގެ ކުރީގެ ޗެއަރޕާސަން ގ. ކެނެރީގޭ މުހަންމަދު ނަޝީދު އަންނި ތިލަދުންމަތީ އުތުރުބުރީގައި ކުރިއަށް ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ޖަލްސާތައް މިހާތަނަށް ބާއްވަމުން އައީ ރޭގަނޑު ކަމަށް ވިޔަސް، ހއ. ދިއްދޫގެ ޖަލްސާ ބާއްވަވަނީ ބުދަ ދުވަހު ހަވީރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ސަބަބަކީ ބުދަ ދުވަހުގެ ރެއަކީ ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރެވޭ ރަބީޢުލް އަައްވަލު މަހުގެ ބާރަ ވިލޭރޭ ކަމަށް ވުމާއެކު ރޭގަނޑު […]
[ވިދާޅުވޭ...]