Wathan Edhey Gothah – MDP » Press Releases

March 18, 2008

ދަވްލަތުގެ ޚަރަދުގައި ރައީސް މައުމޫނު ކެމްޕޭން ކުރެއްވުން ހުއްޓަވާލެއްވުމަށް އިލްތިމާސް ކުރަން

ދަވްލަތުގެ ޚަރަދުގައި ރައީސް މައުމޫނު ކެމްޕެއިން ކުރައްވަމުންގެންދަވާ ގެންދިއުން ވަގުތުން ހުއްޓަވާލެއްވުމަށް އިލްތިމާސް ކުރަމެވެ. ރައީސް މައުމޫނު މިފަހުން ބާ އަތޮޅަށް ވަޑައިގެންނެވި ދަތުރުފުޅުގެ ޚަރަދު އިންތިހާއަށް ބޮޑުކަން އެއީ އެކަމާމެދު ވިސްނަވާ ކޮންމެ ދިވެއްސަކަށް އެނގިލައްވާނެކަމެކެވެ. އުޅަނދު ފަހަރާއި ރަސްމިއްޔާތުތަކަށް ހިނގާނޭ ބޮޑު ޚަރަދުގެ އިތުރުން އެކި ނެށުންތަކަށް ޒީނަތްތެރި ހެދުން ފެހުމުން ފެށިގެން ރަށްރަށުގެ މަގުތައް ޒީނަތްތެރިކުރެއްވުމަށް ކުރެވިފައިވާ ބޮޑު ހޭދައިގެ އެތައްބައެއް އެއީ ކަނޑައެޅިގެން ކުރައްވާ އިސްރާފެވެ. ސުނާމީގައި ވިހާލިވެފައިވާ އެތަކެއްގިނަ ދިވެހީން […]

[ވިދާޅުވޭ...]

March 15, 2008

ތިނަދޫ މަރުހޫމް މާހިރު ޕްރީ ސްކޫލް މުހައްމަދު ނަޝީދު (އަންނި) ހުޅުވައިދެއްވައިފި

އާބާދީގައި 8000 އަށްވުރެ ގިނަމީހުން ދިރިއުޅޭ ގދ. ތިނަދޫގައި އަލަށް ޢިމާރާތްކުރެވުނު މަރުހޫމް މާހިރު ޕްރީސޮކޫލް (އެމް އެމް ޕްރީ ސޮކޫލް)، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ހުޅުވައިދެއްވައިފިއެވެ. މިއަދު ހެދުނު 10 ޖެހިއިރު ތިނަދޫގައި ބޭއްވުނު މިރަސްމިއްޔާތުގައި މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި މިފަދަ މުހިއްމު އިޖްތިމާއީ ކަންކަން ފަސޭހަކަމާއިއެކު ކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވާފައިނުވާތީ އެކަމަށް ފާޑުވިދާޅުވެ، ކުޅުދުއްފުށި ފަދަ ބައެއް ރަށްރަށަށް މިގޮތުން މީގެކުރިންވެސް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރެއްވިއެވެ. އަދި […]

[ވިދާޅުވޭ...]

March 11, 2008

އެމްޑީޕީގެ ތަމްހީދީ އިންތިހާބަށް ފަލީތާލުމަށް ޑީއާރުޕީން ކުރާ މަސައްކަތް ހުއްޓާލާ!

ދިވެހި ރާއްޖޭގެ ވެރިކަން ދިވެހި ރައްޔިތުންނަށް ރައްދުކޮށް، ދިވެހިންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދީ، ދިވެހި ވެރިކަމުގެ ބާރު ދިވެހި ރައްޔިރުންނަށް ލިބިދިނުމަށްޓަކާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ކުރަމުންދާ މަސައްކަތުގެ މައިގަނޑު އަސާސަކީ ސިޔާސީ ޕާޓީގެ ނިޒާމް ހަރުދަނާގޮތުގައި ހިންގާނެ ފަހި މާހައުލެއް ދިވެހިރާއްޖޭގައި ގާއިމްކުރުން. އިސްވެ ދެންނެވި އަމާޒަށް ވާސިލްވުމަށްޓަކާ ދުޅަހެޔޮ ގޮތުގައިވާދާކުރެވޭ އެމްޑީޕިގެ އެތެރޭގެ އިންތިހާބެއްގައި ޕާޓީގެ ކެންޑިޑޭޓުން މިވަގުތު ގެންދަވަނީ ހަރަކާތްތެރި ވެލައްވަމުންނެވެ. މިއީ ޑިމޮކްރަޓިކް ހަމަތަކުގެ ނަމޫނާ ދިވެހި ރައްޔިތުންނަށް […]

[ވިދާޅުވޭ...]

March 8, 2008

މިނިވަންއިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅުއްވުން ހުއްޓަވާލެއްވުމަށް ދަންނަވަން

ދިވެހި ރާއްޖޭގައި ފުރަތަމަފަހަރަށް ސިޔާސީ ޕާޓީތަކުން ވާދަކުރާ ރިޔާސީ އަދި އާންމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރު އެ އިންތިޚާބުތަކުގައި ވާދަކުރާނެ ޕާޓީއަކަށް ނިސްބަތްވާ މިހާރުގެ ސަރުކާރުން ދަވްލަތުގެ ވަޞީލަތްތަކުގެ ކޮންޓްރޯލް ބޭނުންކުރައްވައިގެން މިނިވަން އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅުއްވުން ވަގުތުން ހުއްޓަވާލެއްވުމަށް ދަންނަވަމެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތަމްހީދީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ހައިޞިއްޔަތުން ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް އަންގަން ބޭނުންވި އެނައުންސްމަންޓް އާއި އިޝްތިހާރު ވަނީ ފޮނުވައިނުދެއްވާފައެވެ. ކަނޑައެޅިފައިވާ އަގެއް […]

[ވިދާޅުވޭ...]

Previous Page »