Wathan Edhey Gothah – MDP » Press Releases

August 17, 2008

ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިޔުމަކީ ކުށަކާނުލާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް –ކެންޑިޑޭޓް ނަޝީދު

ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިޔުމަކީ ކުށަކާނުލާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށާއި މިއީ މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނެކޭ
އެއްވަރަށް ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް އަދި ސަރުކާރަށްވެސް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެކަމެއްކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން މިހަފްތާގެ “ވަޢުދު ކަމުގައިވާ ދިރިއުޅުމުގެ އަގު ތިރިކުރުން” އާއްމުކުރުމަށްޓަކައި އެމްޑީޕީގެ ހަރުގޭގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ގައުމެއްގެ އިޤްތިސާދު ހަލާކުވުމަށް ދިމާވާ އެންމެ އިސް ސަބަބަކީވެސް ދިރިއުޅުމުގެ އަގު ރައްޔިތުންގެ އަތްމައްޗަށް ނުކުޅަދާނަވަރަށް މަތިވެގެން ދިޔުމެވެ.

[ވިދާޅުވޭ...]

August 14, 2008

[Read More...]

April 26, 2008

ޝުކުރުގެ‮ ‬ބަސްކޮޅެއް

ކެމްޕޭނުގެ ހަރަކާތްތެރީންނާއި، އެމްޑީޕީގެ ލޮބުވެތި މެމްބަރުންނަށް، ހެޔޮ ދުއާ ސަލާމަށްފަހު ލިޔަމެވެ. ‘ތާހިރު ދިރިއުޅުމަކަށް’ އަޅުގަނޑު ފެށި ކެމްޕޭން ހިންގުމުގައި، އަޅުގަނޑަށް ތިޔަ ފޯރުކޮށްދެއްވި ހިތްވަރާ އަގު ނުކުރެވޭފަދަ މަސައްކަތަށްޓަކައި، ތިޔަ އެންމެހާ ބައިވެރިންނާ ހަރަކާތްތެރީންނަށް ހިތުގެ އަޑީން ޝުކުރު އަދާކުރަމެވެ. އެމްޑީޕީގެ ފުރަތަމަ ޕްރެޒިޑެންޝަލް ޕްރައިމަރީގައި ކެންޑިޑޭޓް ނަމްބަރު 3 ގެ ގޮތުގައި އަޅުގަނޑު ވާދަކުރުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހަމަގައިމުވެސް ތިޔަ މެމްބަރުންނާއި އެކުވެރީން އަޅުގަނޑަށް ކުރެއްވި އިތުބާރާއި އަދި، ހެޔޮ ބަދަލަށްޓަކައި ތިޔަ […]

[ވިދާޅުވޭ...]

April 18, 2008

މެމްބަރުން އެދިލައްވާތީ އަންނި އަލުން އައްޑޫ މުލަކަށް

އައްޑޫ އަތޮޅު އަދި ފުއައް މުލަކުގައި ތިއްބެވި މެމްބަރުން އެދިލައްވާތީ އެމްޑީޕީ ގެ ރިއާސީ ޕްރައިމަރީސް ގައި ވާދަކުރައްވާ މުހައްމަދު ނަޝީދު (އަންނި) އެ ދެ އަތޮޅަށް ކުރައްވާ ދަތުރެއް 18 އޭޕްރިލް 2008 ދުވަހު ފައްޓަވާނެއެވެ. އައްޑު އަތޮޅުގައި ފޭދޫ މަރަދޫ-ފޭދޫމަރަދޫ ހިތަދޫ އަދި ހުޅުމީދޫ އަށް އަންނި ވަޑައިގަންނަވާނެއެވެ. ފުއައް މުލަކުގައި ފުނާޑު، މިސްކިތްމަގު، ހޯދަޑު، މާލެގަމު، ދޫޑިގަމު، މާދަޑު، ދިގުވާދާއި ދަޑިމަގަށް ކެންޑިޑޭޓް ޒިޔާރަތް ކުރައްވައި، މެމްބަރުން އަދި ރައްޔިތުންނާއި މުޚާތަބު ކުރައްވާނެއެވެ. […]

[ވިދާޅުވޭ...]

April 16, 2008

އިންތިގާލީ ބާބާއި، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީ ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލާ، ހޯމް މިނިސްޓަރ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލުން

މިހާރު އަމަލު ކުރަމުންދާ ގާނޫން އަސާސީއިން ވެސް ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ޙައްގާއި، ޕެންޝަނުގެ ޙައްގާއި، ހިފާހައްޔަރު ކުރުމުގައާއި، ތަހުގީގާއި ޝަރީއަތުގެ ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ޙައްގު ފަދަ މުހިންމު އެތަކެއް ޙައްގުތަކެއް ދިވެހިރައްޔިތުންނަށް ލިބިނުދީ ހިފަހައްޓާފައިވަނީ، ގާނޫނީ ހަމަތަކުން ބޭރުގައި ޑީއާރުޕީން ވެރިވެގަނެގެން އުޅޭ މިހާރު މިއޮތް ސަރުކާރާ، އެސަރުކާރުގެ ވާގިވެރިންގެ ހީލަތްތެރި ރޭވުމުންނެވެ. ހަމަ މިދެންނެވި މީހުން އިސްވެތިބެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މިހާރު ކުރިއަށްދާ […]

[ވިދާޅުވޭ...]

April 1, 2008

ސިވިލް ސާވިސް ގާނޫނަށް ހުށަހެޅުނު އިޞްލާހު ތައް ރައްޔިތުންގެ މަޖިލީހުގެ ތަޅަމުން ބޭރުކުރެއްވިޔަތީ ޝުކުރު ދެންނެވުން

ސިވިލް ސާރވިސް ގެގާނޫނު ތަސްދީގު ކުރެވުނު ފަހުން އެ ގާނޫނަށް ރައީސް މައުމޫނު ހުށައަޅުއްވާފައިވާ އިސްލާހުތައް 2008 އޭޕްރިލް 1 ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅަމުން ބޭރުކުރައްވަން ނިންމެވިޔަތީ އެކަމަށް ތާއީދު ކުރެއްވި މެމްބަރުންނަށް ވަރަށް އިޚްލާޞްތެރި ކަމާއިއެކު ޝުކުރު ދަންނަވަމެވެ. ސިވިލް ސާރވިސް ގެ ގާނޫނަށް ރައީސް މައުމޫނު ހުށައެޅުއްވި އިސްލާހުތަކަކީ ދައުލަތުގެ މަދަނީ ޚިދްމަތްތެރީން (ސިވިލް ސާވިސް ގެ މުއައްޒަފުން) ނާއި ސަރުކާރުގެ އޮފީސްތަކުން ޚިދްމަތް ލިބިގަންނަ މީހުންގެ ހައްގު ތަކެއް އުނިވެދާފަދަ އިސްލާހުތަކެއްކަމުގައި […]

[ވިދާޅުވޭ...]

March 18, 2008

މަސްވެރިން މަޖޫރީންނަށް ބަދަލުވުމާ އަންނި ދެކޮޅުހައްދަވާ!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުވާ ކެންޑިޑޭޓް އެޕާޓީގެ ކުރީގެ ޗެއާރޕާސަން މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ތިލަދުންމަތީ ކެމްޕޭން ދަތުރު އިހަވަންދިއްޕޮޅުގައި ރުކުރުވާ ލައްވައިފިއެވެ. ހޯމަދުވަހުގެރޭ ހއ.އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ގިނަބައެއްގެ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އަޑުއަރުވަމުންދާ އިހަވަންދިއްޕޮޅުގެ ހުވަފެނީ ޓްރާންޝިޕްމަންޓް ބަނދަރަކީ ރަތްޔިތުން މަޖޫރީންނަށް ބަދަލުކުރާ މެގަޕްރޮޖެކްޓަކަށް ވެދާނެ ކަމަށް ބައްލަވާ ސަރުކާރަށް ފާޑުވިދާޅުވިއެވެ. އިހަވަންދޫގައި ތިއްބެވި އެމް.ޑީ.ޕީގެ ގިނަ އަދަދެއްގެ މެންބަރުންނާ އާމުންގެ ގިނަބައެއްގެ ތަރުހީބު ލިބިގެންދިޔަ މިޖަލްސާގައި ވެސް […]

[ވިދާޅުވޭ...]

Previous Page »« Next Page