މިނިސްޓްރީ އޮފް އިންފޯމޭޝަން އެންޑް ލީގަލް ރިފޯމް އިން އިންތިޒާމް ކުރައްވައިގެން 3 ސެޕްޓެމްބަރ 2008 ގައި ޓީވީ އާއި ރޭޑިޔޯ އިން ދުރަށް ދައްކައި އިއްވުނު “ވިސްނާށޭ ގައުމު ރިޔާސީ ސުވާލާއި ޖަވާބަށް” ކެންޑިޑޭޓުން ޖަވާބުދެއްވުމުގެ ވާދައިގާ ކުރިހޯއްދެވީ އެމްޑީޕީ ގެ މުހަންމަދު ނަޝީދު (އަންނި) ކަމުގައި ގިނަފަރާތްތަކަކުން ދަނީ ފާހަގަ ކުރަމުންނެވެ. ގާނޫނު އަސާސީގެ އިސްލާހުތައް ތަސްދީގުކުރެވުމަށްފަހު މިއަހަރު އިންތިޚާބު ބޭއްވެންދެން ހުންނެވި ވަގުތީ ރައީސް ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމު ދިވެހި […]
September 8, 2008
September 4, 2008
September 1, 2008
August 27, 2008
މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރެއްވުމަށް ގެންގުޅުއްވާނެ ސިޔާސަތު މާދަމާ ހާމަކުރައްވާނެ
މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރެއްވުމަށް އެމްޑީޕީގެ ސަރުކާރަކުން ގެންގުޅުއްވާނެ ސިޔާސަތު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މާދަމާ ހާމަކުރައްވާނެއެވެ. މި ސިޔާސަތު ހާމަކުރައްވާނީ އައްޑު އަތޮޅު ފޭދޫ އެމްޑީޕީ ހަރުގޭގައެވެ. މި ސިޔާސަތު ހާމަކުރުމުގެ ރަސްމިއްޔާތުގައި މަސްތުވާތަކެތީގެ ވަބާ މިގައުމުގައި ފެތުރިފައިވާ މިންވަރުގެ ސަބަބުން ރައްޔިތުން ކުރަމުންދާ ޝަކުވާތައް ކިޔައިދެއްވާނެއެވެ. އަދި އެމްޑީޕީގެ ސަރުކާރަކުން މިމައްސަލައިގައި ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރައްވާ، ކުރުމުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރަކުން ކުރާނެ ކަންތަކާއި ދިގު މުއްދަތެއްގެ ތެރޭގައި ކުރާނެ ކަންތައްތައް ކިޔައިދެއްވާނެއެވެ. މަސްތުވާތަކެއްޗަށް […]
August 26, 2008
އަނެއް ދިވެހިރާއްޖެ ކެމްޕޭން ޓީމުތަކުން ރާއްޖޭގެ ކަންކޮޅުތަކަށް ކޮށްފައިވާ ދަތުރުތަކުގެ ފޮޓޯ އަދި ވީޑިއޯ ޕްރެޒެންޓޭޝަނެއް ބާއްވައިފި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)ގެ އަނެއް ދިވެހި ރާއްޖެ ކެމްޕޭންގެ ޓީމުތަކުން ރާއްޖޭގެ ކަންކޮޅުތަކަށްކޮށްފައިވާ ދަތުރުތަކުގެ ފޮޓޯ އަދި ވީޑިއޯ ޕްރެޒެންޓޭޝަނެއް ބާއްވައިފިއެވެ. މި ޕްރެޒެންޓޭޝަން ބާއްވާފައިވަނީ އެމްޑީޕީގެ މައި ހަރުގޭގައި ރޭ ބޭއްވި ހަފްލާއެއްގައެވެ. މިހަފްލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވިޕް ލ އަތޮޅުގެ މަޖިލިސް މެމްބަރު ރީކޯ މޫސާމަނިކު ބައިވެރިވެލެއްވިއެވެ. އަދި އުވިދިޔަ ޚާއްސަ މަޖިލީހުގެ މެމްބަރު ނަފާ ނަސީމްވެސް ބައިވެރިވެލެއްވިއެވެ. މިކަންތައް އިންތިޒާމްކުރެއްވި ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި ރޭގައި […]
August 24, 2008
August 23, 2008
މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރާނެކަމުގެ ރިޔާސީ ވަޢުދު ކެންޑިޑޭޓް ނަޝީދު މާދަމާ ކުރައްވާނެ
“މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރާނެ”ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އާދީއްތަ ދުވަހު ވަޢުދުވެވަޑައިގަންނާނެއެވެ. މެދު ރާއްޖެތެރޭގެ ހަތަރު އޮތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި މިހާރު އުޅުއްވާ މުހައްމަދު ނަޝީދު މިވަޢުދު ވެވަޑައިގަންނަވާނީ ތ އަތޮޅު ތިމަރަފުށީގައެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. މިރަސްމިއްޔާތު 95.6 ފާރްއަވޭ އެފްއެމްއިން ލައިވްކުރާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މީޑިޔާ ޓީމުން މުހައްމަދު ޒުހައިރު (7691303) އަށް ގުޅުއްވުން އެދެމެވެ.