Wathan Edhey Gothah – MDP » Press Releases

September 23, 2008

އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ހުރިހާ ހަރަކާތްތެރިން ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ކެންޑިޑޭޓް ނަޝީދު އެދިލައްވައިފި

އެމްޑީޕީ އިއްތިހާދުގެ އަނެއް ދިވެހިރާއްޖެ ކެމްޕޭން ހަރަކާތްތެރިން ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްކުރިޔަށް ގެންދިޔުމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އެދިލައްވައިފިއެވެ. ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިގޮތަށް އެދިލެއްވީ އެމްޑީޕީގެ ފުރަތަމަ ރަޖިސްޓްރީ ކުރި ގޮފިކަމުގައިވާ ޖަންބުގޮފީގެ ފަރާތުން އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ހަރަކާތްތައް ހިންގުމަށްޓަކައި ރޭ ހުޅުވި ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މިޖަގަހަ ހުޅުވުމަށްޓަކައި ކެންޑިޑޭޓް ވަޑައިގެންނިވީ ޖަގަހައާއި ޖެހިގެން ހުރި ބައެއްގޭގައި ދިރިއުޅޭ […]

[ވިދާޅުވޭ...]

އެޓޯލް ރޭޑިޔޯއިން ނެގި ހިޔާލު ހޯދުމުގެ ވޯޓުންވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވައިފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އާއްމުންގެ ތެރޭގައި އެންމެ މަގުބޫލު ބޭފުޅެއް ބެލުމަށްޓަކައި އެޓޯލް ރޭޑިޔޯގެ ފަރާތުން ކުރިޔަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުންވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވައިފިއެވެ. އެސްއެމްއެސް ފޮނުވައިގެން ވޯޓުލެވޭ ގޮތަށް ހަފްތާއެއް ތެރޭގައި ކުރިޔަށް ގެންދިޔަ މިވޯޓުގެ ނަތީޖާ ދައްކާ ގޮތުން ވޯޓުލީ މީހުންގެ %71 އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ތާއީދު ކުރައްވައެވެ. މުޅި އެކު 7000 […]

[ވިދާޅުވޭ...]

September 22, 2008

ރަނިންމޭޓް ޑރ ވަހީދާއިއެކު ކުރެއްވި ފުރަތަމަ ދަތުރުފުޅަށްފަހު ކެންޑިޑޭޓް ނަޝީދު މާލެވަޑައިގެންފި

[ވިދާޅުވޭ...]

September 21, 2008

އެމީހަކު ރަށްވެހިވެފާވާރަށް (ދާއިމީ އެޑްރެސް އޮންނަރަށް) ނޫން ރަށެއްގައި ވޯޓުލާނަމަ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރަންޖެހޭނެ.

• ސެޕްޓެމްބަރު 25 ގެ ކުރިން ރެޖިސްޓްރީ ނުވެއްޖެނަމަ ވޯޓެއް ނުލެވޭނެ.
• ޝްރީލަންކާ، އިންޑިޔާ، ސިންގަޕޫރު އަދި މެލޭޝިޔާގައި ތިބި ދިވެހިރައްޔިތުންވެސް މިރަނުގެ ފުރުސަތުގެ ބޭނުންކުރަށްވާ.
www.elections.gov.mv އަވަހަށް ރެޖިސްޓްރީ ކުރާ ފޯމް ޑައުލޯޑް ކުރައްވާ.
• ފޯމް ފުރުމަށްފަހު އައީޑީ، ޕާސްޕޯޓް ނުވަތަ ޑްރައިވިންގް ލައިސަންސް ގެ ކޮޕީއަކާއެކު އިލެކްޝަންސް ކޮމިޝަންއަށް ފެކްސް ނުވަތަ އީމައިލް ކުރައްވާ. ފެކްސްނަމްބަރަކީ 3005557.
އީމޭލް އެޑްރެސް އަކީ reg@elections.gov.mv

[ވިދާޅުވޭ...]

September 18, 2008

އެމްޑީޕީގެ ޒުވާނުންގެ ސިޔާސަތާއި ކުޅިވަރުގެ ސިޔާސަތާއި މައުލޫމާތާއި ސަގާފަތުގެ ސިޔާސަތު ހާމަކުރައްވައިފި

އެމްޑީޕީގެ ޒުވާނުންގެ ސިޔާސަތާއި ކުޅިވަރާއި ބެހޭ ސިޔާސަތު އަދި މައުލޫމާތާއި ސަގާފަތާއި ބެހޭ ސިޔާސަތު ހާމަކުރައްވައިފިއެވެ. މިތިން ސިޔާސަތު ހާމަކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑީޕީގެ ހަރުގޭގައެވެ. މިސިޔާސަތުތައް ހާމަކުރެއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އާއި އެބޭފުޅާގެ ރަނިންމޭޓް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގަތެވެ. އެމްޑީޕީގެ ސިޔާސަތުތައް އެކުލަވާލާފައިވަނީ މިހާރު ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ މައްޗަށްކަމަށްވާތީވެ ކޮންމެ ސިޔާސަތެއް އާއްމުކުރުމުގެ ކުރުން އެދާއިރާއަކާއި ގުޅުން ހުރި ބޭފުޅެއް އެކަމާއި މެދު އޮތް […]

[ވިދާޅުވޭ...]

September 16, 2008

ރިޔާސީ ކެންޑިޑޭޓް ނަޝީދު ފެލިދެ އަތޮޅަށާއި މުލަކު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައިފި

[ވިދާޅުވޭ...]

September 10, 2008

ޚުދުމުޚްތާރު ވެރިކަމަކުން ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެއް ވެރިކަމަށް އައިސްފިނަމަ އިސްލާހަށްޓަކައި ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެގެން ހިނގައިދާނެ- ވަގުތީ ރައީސް ޒަކީ

ވޭތިވެދިޔަ 30 އަހަރު މިރާއްޖޭގެ އޮތް ޚުދުމުޚްތާރު ވެރިކަމުން ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެއް ވެރިކަމަށް އައިސްފިނަމަ ދިވެހިން އިސްލާހަށްޓަކައި ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެގެން ހިނގައިދާނެ ކަމަށް އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވެއްޖެއެވެ. ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ވެރިކަމެއްގައި ދިވެހިންނަށް ހޯއްދަވައިދެއްވާނެ “ހެޔޮ ސަރުކާރާއި” ބެހޭ މައުލޫމާތު ދެއްވުމަށް އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައެވެ. ޚުދުމުޚްތާރު ސަގާފަތުގެ ވެރިން ވެރިކަމަށް އައުމުން ކަންތައް […]

[ވިދާޅުވޭ...]

Previous Page »« Next Page