ދިވެހި ދައުލަތައް ޚިދުމަތް ކުރައްވާފައިވާ އެއްވެސް ބޭފުޅެއް ނިކަމެތިކޮށްލައްވާ އެއްލާނުލައްވާނެކަމުގައި އެމްޑީޕީ އިއްތިހާދުގެ ފަރާތުން ހާމަކުރައްވައިފިއެވެ. އެމްޑީޕީ އިއްތިހާދާއި ޖުމުހޫރީ ގުޅުމުގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުން ޖުމުހޫރީ ގުޅުމުގައި ހިމެނޭ އެމްއެންސީ ޕާޓީގެ ލީޑަރ މުހައްމަދު ނައީމް (މޮނާޒާ) ވިދާޅުވީ އަތޮޅުވެރިންނާއި ކަތީބުން ލާމަރުކަޒީ އުސޫލުން އިންތިހާބު ކުރެވުނު ނަމަވެސް ކުރީގެ އަތޮޅުވެރިންނަށްވެސް އަދުލުވެރިކަމާއި އެކު އެމީހުންގެ ހައްގުތައް ހޯއްދަވައިދެއްވާނެކަމުގައެވެ. ނައީމް ވިދާޅުވި ގޮތުގައި އަތޮޅުވެރިންނާއި މުއާވިނުން އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއް ދެކެ ބިރު […]
October 14, 2008
October 13, 2008
އަތޮޅުވެރިންނާއި ކަތީބުން އަދި ސިފައިންނާއި ފުލުހުންނަށް ލިބެންޖެހޭނެ އިނާޔަތްތަކާއި ގަދަރު އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން ހޯއްދަވައިދެއްވާނެ
އެމްޑީޕީ އިއްތިހާދުގެ ފަރާތުން އުފައްދާ އެއްބައިވަންތަކަމުގެ ސަރުކާރުގެ ފަރާތުން އަތޮޅުވެރިންނާއި ރަށްރަށުގެ ކަތީބުން އަދި ސިފައިންނާއި ފުލުހުންނަށް އެބޭކަލުންގެ އާއިލާތަކަށް ލިބެންޖެހޭނެ ހައްގު އިނާޔަތްތަކާއި ގަދަރު ހޯއްދަވައިދެއްވާނެ ކަމުގައި މިއަދު ހާމަކުރައްވައިފިއެވެ. އެމްޑީޕީ އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން އެމްޑީޕީ އިއްތިހާދުގެ ނައިބްރައީސް ޑރ މުހައްމަދު ވަހީދު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އާއިލާތަކުން މިހާރު ދިރިއުޅެމުންދާ ފެންވަރަކީ ސިފައިންނާއި ފުލުހުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކާއި ގުޅޭ މިންވަރެއް ނޫންކަމުގައެވެ. އަދި އެބޭކަލުން ވަޒީފާއިން […]
މައުމޫނަށް 40 އިންސައްތަ ވެސް ހޯއްދެވުނީ 5 ޕާޓީ އެއް ގުޅިގެން
ރިޔާސީ އިންތިޚާބް 2008 ގެ ފުރަތަމަ ބުރުގައި ރައީސް މައުމޫނަށް ރައްޔިތުންގެ އަޣުލަބިއްޔަތު ގެއްލި %40 ވެސް ހޯއްދެވުނީ 5 ޕާޓީއެއްގެ ގުޅުމަކުން ވޯޓް ހޯދުމުގެ މަސައްކަތް ކޮށްގެން ކަމުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން ފާހަގަކުރަން ފަށައިފިއެވެ. މި އިންތިޚާބުގައި ޑީއާރުޕީ އާއި ގުޅިގެން މަސައްކަތްކުރާނެ ކަމުގައި ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނު އިސްވެހުންނަވާ ޕީޕަލްސް އެލަޔަންސް އާއި ކޮއްކޯފުޅު ޢަބްދުﷲ ޙަމީދުގެ ވާގިވެރިކަން ލިބޭކަމަށް ގަބޫލު ކުރެވޭ ފަގީރު ކަން ނައްތާލާ ޕާޓީ އާއި […]
October 12, 2008
ދިވެހި ރާއްޖެ ފުރޮޅެމުން މިދަނީ ދިވެހިން ދުވަހަކުވެސް ނުދެކޭނެ ފަދަ ރަންޒަމާނަކަށް- ކެންޑިޑޭޓް ނަޝީދު
ދިވެހިރާއްޖެ ފުރޮޅެމުން މިދަނީ ދުވަހަކުވެސް ދިވެހިން ދެކިފައި ނުވާނެފަދަ ރަން ޒަމާނަކަށް ކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުހައްމަދު ނަޝީދަށް ތާއީދުކުރައްވާނެކަން ހާމަކުރައްވާފައިވާ ޖުމުހޫރީ ގުޅުމުގެ އިސްބޭފުޅުންނާއި އެކު މިއަދު ބޭއްވި ޕްރެސްކޮންފަރެންސްއެއްގައެވެ. މޫކައި ހޮޓެލްގައި އޮތް މިޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އިއްތިހާދުވެގެން ކާމިޔާބު ހޯއްދަވައިފިނަމަ ފެނިގެން ދާނީ […]