October 12, 2008
އިންތިހާބުގެ ދެވަނަ ބުރުން ނަން އަނބުރާ ގެންދަވާން ނޫޅުއްވާ ކަމުގައި ކެންޑިޑޭޓް ނަޝީދު ހާމަކުރައްވައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑީއާރުޕީގެ ޒައީމާއި ވާދަކުރައްވާން ޖެހޭ އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްގެ ނަން އަނބުރާ ގެންދަވާ އިންތިހާބު ތިންވަނަ ބުރަކަށް ގެންދަވާން ނޫޅުއްވާކަމުގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި މައުމޫނާއި އިދިކޮޅަށް ވާދަކުރެއްވި އެއް ކެންޑިޑޭޓް ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ނަޝީދަށް ތާއީދު ކުރެއްވިކަން ހާމަކުރައްވަމަށް ބޭއްވެވި ބައްދަލުވުމެއްގައެވެ. ނަޝީދު ވިދާޅުވީ ނަން އަނބުރާ ގެންދިޔުމަށް އެއްވެސް ފަރާތަކުން […]
October 11, 2008
October 10, 2008
ފުރަތަމަ ބުރުގައި މައުމޫނަށް ވޯޓުލީ ބައެއް މީހުންގެ ވޯޓާއި އިދިކޮޅު ވޯޓުތަކާއި އެކު ދެވަނަ ބުރު ކާމިޔާބުކުރައްވާނަން – ކެންޑިޑޭޓް ނަޝީދު
ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫނު އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ބައެއް ވޯޓާއި އޭނާއާ އިދިކޮޅަށް ވޯޓު ދިން އެއްލައްކައެއްހާ ރައްޔިތުންގެ ވޯޓާއި އެކު އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސް އަދި 35 އަހަރު ވެރިކަން ކުރުމަށް ކުރިމަތިލައްވާފައިވާ މައުމޫނު […]