Wathan Edhey Gothah – MDP » News

October 22, 2008

ވަތަން އެދޭ ގޮތަށް ކެމްޕޭންގެ ފަރާތުން ރޭ ހުޅުވި ފަސް ޖަގަހައިގެ ތެރެއިން އެއްޖަގަހައަށް ގެއްލުންތަކެއް ދީފި

ވަތަން އެދޭގޮތަށް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިންމާލުމަށް ހިންގަމުންދާ ކެމްޕޭންގެ ފަރާތުން ރޭ މާލޭގައި ހުޅުވި ފަސް ޖަގަހައިގެ ތެރެއިން އެއް ޖަގަހައަށް ރޭ ފަތިހުގެ ވަގުތެއްގައި ގެއްލުންތަކެއް ދީފިއެވެ. ރޭ ހުޅުވުނު ޖަގަހަތަކުގެ ތެރެއިން ގެއްލުން ދީފައިވަނީ ހެންވޭރު ކަށިމާ ހިނގުމުގައި ހުޅުވި އެވާރ ޗާންސް ޖަގަހައަށެވެ. އެޖަގަހައިގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ސައިކަލްތަކެއްގައި ވަޅި އާއި ކަނޑި ހިފައިގެން އައި ހަމީހަކު މިޖަގަހައިގައި ނަގާފައި ހުރި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ […]

[ވިދާޅުވޭ...]

ވަޠަން އެދޭ ގޮތަށް ޖަގަހަ- މާލެ

[ވިދާޅުވޭ...]

ކެންޑިޑޭޓް ނަޝީދަށް ވޯޓު ދެއްވާން ގޮވާލެއްވުމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރ ވަޒީފާއިން ވަކިކުރި މައްސަލަ ކުށްވެރިކުރަން – ޒަކީ

[ވިދާޅުވޭ...]

October 21, 2008

މިޑްޓާމް އިލެކްޝަން އެއް ބާއްވަން ފުރުސަތު ދެނީ މުސްތަގްބަލްގައި ފާޅުވާން ތިބި ސިޔާސީ ލީޑަރުންނަށްޓަކައި – ކެންޑިޑޭޓް ނަޝީދު

[ވިދާޅުވޭ...]

ވަތަން އެދޭގޮތުގެ ގުޅުމުގެ ފަރާތުން ޔޫރަޕިޔަން ޔޫނިއަންގެ އިލެކްޝަންސް އެކްސްޕާރޓްސް މިޝަން ގެ ޓީމް ލީޑަރ އާއި ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ޔޫރަޕިޔަން ޔޫނިއަންގެ އިލެކްޝަންސް އެކްސްޕާރޓްސް މިޝަން ގެ ޓީމް ލީޑަރ މިސްޓަރ ޕޯލް އޯ ގްރޭޑީ އާއި ވަތަން އެދޭގޮތުގެ ގުޅުން (އެމްޑީޕީ އިއްތިހާދު ޖުމްހޫރީ ގުޅުން) ތަމްސީލު ކުރާ ޓީމަކުން ބައްދަލު ކުރައްވައިފިއެވެ. މި ޓީމްގައި ހިމެނިވަޑައިގެންނެވީ އެމްޑީޕީ ގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި އެމްޑީޕީ ރިޔާސީ ކެންޑިޑޭޓްގެ ނާއިބު ޑރ. މުހއްމަދު ވަހީދު ހަސަން މަނިކާއި، ގުޅިފައިވާ ޕާލިމެންޓަރީ ގުރޫޕުން ހަސަން އަފީފާއި، ގައުމީ މަޖިލިސް […]

[ވިދާޅުވޭ...]

މިފްކޯގެ އިސްވެރިން ދެއްކެވި ހިތްވަރުގަދަ މިސާލަށް ސާބަސްދީ މަރުހަބާ ކިޔަމެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ޢާދިލް ސަލީމާއި އޭނާގެ ދަށުން މަސައްކަތް ކުރައްވާ މިފްކޯގެ ސީނިއަރ މުވައްޒަފުން ވަޠަން އެދޭގޮތަށް ކެމްޕޭންގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) އަށް ތާއީދު ކުރުމަކީ ހިތްވަރުގަދަކަމުގެ މިސާލެއްކަމަށް މިކެމްޕޭނުން ދެކެމެވެ. އަދި އެކަމަށް ސާބަސް ދީ މަރުހަބާ ކިޔަމެވެ. މިފްކޯގެ އިސްވެރިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެބޭފުޅުން ވިދާޅުވީ ރާއްޖެއަށް ބަދަލެއް ގެންނަން ވެއްޖެ ކަމަށް އެބޭފުޅުންނަށް ގަބޫލުފުޅުކުރެއްވޭ ކަމަށާއި ފަހަތަށް ފިޔަވަޅު ނާޅުއްވައި ކުރިމަގަށް ވިސްނަވައި ވޯޓު […]

[ވިދާޅުވޭ...]

ސަރުކާރު ހިންގުމުގެ ބާރުތައް ގާނޫނު އަސާސީ ޚިލާފުވާފަދަ ގޮތަކަށް ޔާމީނާއި އެކު ހިއްސާކުރުމަށް ވެފައިވާ އެއްބަސްވުމެއް ގުޅިފައިވާ އިއްތިހާދުން އާއްމުކޮށްފި

މިއަހަރުގެ ރިޔާސީ އިންތިހާބު މައުމޫނު އަބްދުލްގައްޔޫމަށް ކާމިޔާބު ކުރެވިއްޖެނަމަ ގާނޫނު އަސާސީ އާއި ޚިލާފުވާފަދަ ގޮތަކަށް ސަރުކާރު ހިންގުމުގެ ބާރުތައް ކޮއްކޯފުޅު ޔާމީން އަބްދުލް ގައްޔޫމާއި އެކު ހިއްސާކުރެއްވުމަށް ވެފައިވާ އެއްބަސްވުމެއް ގުޅިފައިވާ އިއްތިހާދުން އާއްމުކޮށްފިއެވެ. ގުޅިފައިވާ އިދިކޮޅު ހަތް ޕާޓީ އެކުލެވޭ ވަތަން އެދޭ ގޮތަށް ކެމްޕޭންގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައި އާއްމުކުރި މި އެއްބަސްވުމުގައި ވާގޮތުން މައުމޫނު ހޮވިއްޖެނަމަ ވަޒީރުންގެ މަޖިލިސް އެކުލަވާލުމާއި ސަރުކާރުން ނިންމާ ނިންމުންތައް ނިންމާނީ ޑީއާރުޕީގެ ފަރާތުން ކަނޑައަޅާ […]

[ވިދާޅުވޭ...]

Previous Page »« Next Page