ފުރަތަމަ ބުރުގައި މައުމޫނަށް ވޯޓުލީ ބައެއް މީހުންގެ ވޯޓާއި އިދިކޮޅު ވޯޓުތަކާއި އެކު ދެވަނަ ބުރު ކާމިޔާބުކުރައްވާނަން – ކެންޑިޑޭޓް ނަޝީދު
ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫނު އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ބައެއް ވޯޓާއި އޭނާއާ އިދިކޮޅަށް ވޯޓު ދިން އެއްލައްކައެއްހާ ރައްޔިތުންގެ ވޯޓާއި އެކު އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސް އަދި 35 އަހަރު ވެރިކަން ކުރުމަށް ކުރިމަތިލައްވާފައިވާ މައުމޫނު […]