މިއަހަރު ބާއްވަން މަސައްކަތްކުރާ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރައްވާން ޖެހުނު ސަބަބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހާމަކުރައްވައިފިއެވެ. ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިސަބަބު ހާމަކުރެއްވީ ހޯމަ ދުވަހުގެރޭ ދިވެހި ރާއްޖޭގެ އަޑުގައި ރިޔާސީ އިންތިޚާބަށް ޢާންމުން ހޭލުންތެރި ކުރުވުމަށް ހިންގާ “ރިޔާސީ އިންތިހާބު 2008” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެބޭފުޅާ ކުރިމަތިލައްވަން ނިންމެވީ އެއީ އެބޭފުޅާގެ މަސްއޫލިއްޔަތެއްކަމަށް ވަރަށް ގިނަ ބަޔަކު ދެކެމުން އައުމުންނެވެ. ނަޝީދު ވިދާޅުވި […]
[ވިދާޅުވޭ...]
ނ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވާނެއެވެ. މިޒޔާރަތުގައި ނަޝީދު ފުރަތަމަ ވަޑައިގަންނަވާނީ ވެލިދޫއަށެވެ. ވެލިދޫއިން ނަޝީދު ވަޑައިގަންނަވާނީ ހު ޅުދޫއަށެވެ. ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި މިރޭ 10 ޖަހާއިރު ހުޅުދޫ މޭނާ ސްކޫލުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިޖަލްސާ ދިއެފްއެމް ރޭޑިޔޯއިން ލައިވްކުރާނެއެވެ. އަންގާރަ ދުވަހު ކެންޑިޑޭޓް ވަޑައިގަންނަވާނީ ކެނދިކުޅުދޫއަށެވެ. ކެނދިކުޅުދޫގައި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި ދޮރުންދޮރަށް ކެންޑިޑޭޓް ހިންގަވާނެއެވެ. އެއަށްފަހު ކެންޑީޑޭޓް ވަޑައިގަންނަވާނީ މަނަދޫއަށެވެ. ކެންޑިޑޭޓް […]
[ވިދާޅުވޭ...]
އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ބ އަތޮޅުގެ ރަށްތަކުގައި އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކާމިޔާބު ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކަންތައް ބ އަތޮޅުގައި ހިންގުމަށް އިސްކޮށް އުޅުއްވާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) މައުލޫމާތު ދެއްވިގޮތުގައި ހުކުރުދުވަހުގެ ހެދުނު ލީޑަރޝިޕްގެ ޓީމެއް ބ އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ފައްޓަވާފައިވެއެވެ. ކުރީގެ ޚާއްސަ މަޖިލީހުގެ މ އަތޮޅު މެމްބަރު އަހުމަދު ޝަފީގު އިސްކޮށް ހުންނަވާ ލީޑަރޝިޕް ޓީމުގެ ފަރާތުން އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ ފޮނަދޫ އަދި […]
[ވިދާޅުވޭ...]
މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން އެކުލަވާލެއްވި އިލެކްޝަންސް ކޮމިޝަނަކީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ހުޅުވާލެވިފައިވާ މިނިވަން އިންތިހާބަކަށް ހެދޭނެ ފެންވަރުގެ ގާބިލްކަން ހުރި ކޮމިޝަނެއްކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާހަގަކުރައްވައިފިއެވެ. މިއަދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޕާލިމަންޓްރީ ގްރޫޕްގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕާލިމަންޓްރީގްރޫޕްގެ ވިޕް ޅ އަތޮޅުގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އާ އިލެކްޝަންސް ކޮމިޝަނެއް ނުއުފެއްދުނު ނަމަ މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ ކދ އަހުމަދު […]
[ވިދާޅުވޭ...]