އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުވާ ކެންޑިޑޭޓް އެޕާޓީގެ ކުރީގެ ޗެއާރޕާސަން މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ތިލަދުންމަތީ ކެމްޕޭން ދަތުރު އިހަވަންދިއްޕޮޅުގައި ރުކުރުވާ ލައްވައިފިއެވެ. ހޯމަދުވަހުގެރޭ ހއ.އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ގިނަބައެއްގެ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އަޑުއަރުވަމުންދާ އިހަވަންދިއްޕޮޅުގެ ހުވަފެނީ ޓްރާންޝިޕްމަންޓް ބަނދަރަކީ ރަތްޔިތުން މަޖޫރީންނަށް ބަދަލުކުރާ މެގަޕްރޮޖެކްޓަކަށް ވެދާނެ ކަމަށް ބައްލަވާ ސަރުކާރަށް ފާޑުވިދާޅުވިއެވެ. އިހަވަންދޫގައި ތިއްބެވި އެމް.ޑީ.ޕީގެ ގިނަ އަދަދެއްގެ މެންބަރުންނާ އާމުންގެ ގިނަބައެއްގެ ތަރުހީބު ލިބިގެންދިޔަ މިޖަލްސާގައި ވެސް […]
[ވިދާޅުވޭ...]
ދަވްލަތުގެ ޚަރަދުގައި ރައީސް މައުމޫނު ކެމްޕެއިން ކުރައްވަމުންގެންދަވާ ގެންދިއުން ވަގުތުން ހުއްޓަވާލެއްވުމަށް އިލްތިމާސް ކުރަމެވެ. ރައީސް މައުމޫނު މިފަހުން ބާ އަތޮޅަށް ވަޑައިގެންނެވި ދަތުރުފުޅުގެ ޚަރަދު އިންތިހާއަށް ބޮޑުކަން އެއީ އެކަމާމެދު ވިސްނަވާ ކޮންމެ ދިވެއްސަކަށް އެނގިލައްވާނެކަމެކެވެ. އުޅަނދު ފަހަރާއި ރަސްމިއްޔާތުތަކަށް ހިނގާނޭ ބޮޑު ޚަރަދުގެ އިތުރުން އެކި ނެށުންތަކަށް ޒީނަތްތެރި ހެދުން ފެހުމުން ފެށިގެން ރަށްރަށުގެ މަގުތައް ޒީނަތްތެރިކުރެއްވުމަށް ކުރެވިފައިވާ ބޮޑު ހޭދައިގެ އެތައްބައެއް އެއީ ކަނޑައެޅިގެން ކުރައްވާ އިސްރާފެވެ. ސުނާމީގައި ވިހާލިވެފައިވާ އެތަކެއްގިނަ ދިވެހީން […]
[ވިދާޅުވޭ...]
އެމްޑީޕީގެ ޕްރެސިޑެންޓަލް ޕްރައިމަރީސްގައި ވާދަ ކުރައްވާ މުހައްމަދު ނަޝީދު (އަންނި) ތިލަދުންމަތީގައި އިއްޔެ ކެމްޕެއިން ފައްޓަވައިފިއެވެ. ފަނަރަ މެމްބަރުންގެ ޓީމަކާއިއެކު އުތުރަށް ކުރައްވާ މިދަތުރުގައި އޭނާ ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުއްޓަށެވެ. 6000 މީހުންގެ އާބާދީއެއް އޮންނަ މިރަށުގައި އަންނި އަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން ތައްޔާރުކޮށްފައިހުރި “އަންނި ކެމްޕޭން ޖަގަހަ” ވަނީ އިއްޔެގެ ހެނދުނު 9 އިން ފެށިގެން ރަސްމީގޮތުން ހުޅުވިފައެވެ. ކެންޑިޑޭޓް އާއިއެކު ދަތުރު ކުރައްވާ ޓީމާއި، ކުޅުދުއްފުށީ ގައި ދިރިއުޅުއްވާ އެމްޑީޕީގެ ބައެއް […]
[ވިދާޅުވޭ...]
އާބާދީގައި 8000 އަށްވުރެ ގިނަމީހުން ދިރިއުޅޭ ގދ. ތިނަދޫގައި އަލަށް ޢިމާރާތްކުރެވުނު މަރުހޫމް މާހިރު ޕްރީސޮކޫލް (އެމް އެމް ޕްރީ ސޮކޫލް)، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ހުޅުވައިދެއްވައިފިއެވެ. މިއަދު ހެދުނު 10 ޖެހިއިރު ތިނަދޫގައި ބޭއްވުނު މިރަސްމިއްޔާތުގައި މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި މިފަދަ މުހިއްމު އިޖްތިމާއީ ކަންކަން ފަސޭހަކަމާއިއެކު ކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވާފައިނުވާތީ އެކަމަށް ފާޑުވިދާޅުވެ، ކުޅުދުއްފުށި ފަދަ ބައެއް ރަށްރަށަށް މިގޮތުން މީގެކުރިންވެސް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރެއްވިއެވެ. އަދި […]
[ވިދާޅުވޭ...]
ދިވެހި ރާއްޖޭގެ ވެރިކަން ދިވެހި ރައްޔިތުންނަށް ރައްދުކޮށް، ދިވެހިންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދީ، ދިވެހި ވެރިކަމުގެ ބާރު ދިވެހި ރައްޔިރުންނަށް ލިބިދިނުމަށްޓަކާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ކުރަމުންދާ މަސައްކަތުގެ މައިގަނޑު އަސާސަކީ ސިޔާސީ ޕާޓީގެ ނިޒާމް ހަރުދަނާގޮތުގައި ހިންގާނެ ފަހި މާހައުލެއް ދިވެހިރާއްޖޭގައި ގާއިމްކުރުން. އިސްވެ ދެންނެވި އަމާޒަށް ވާސިލްވުމަށްޓަކާ ދުޅަހެޔޮ ގޮތުގައިވާދާކުރެވޭ އެމްޑީޕިގެ އެތެރޭގެ އިންތިހާބެއްގައި ޕާޓީގެ ކެންޑިޑޭޓުން މިވަގުތު ގެންދަވަނީ ހަރަކާތްތެރި ވެލައްވަމުންނެވެ. މިއީ ޑިމޮކްރަޓިކް ހަމަތަކުގެ ނަމޫނާ ދިވެހި ރައްޔިތުންނަށް […]
[ވިދާޅުވޭ...]
ދިވެހި ރާއްޖޭގައި ފުރަތަމަފަހަރަށް ސިޔާސީ ޕާޓީތަކުން ވާދަކުރާ ރިޔާސީ އަދި އާންމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރު އެ އިންތިޚާބުތަކުގައި ވާދަކުރާނެ ޕާޓީއަކަށް ނިސްބަތްވާ މިހާރުގެ ސަރުކާރުން ދަވްލަތުގެ ވަޞީލަތްތަކުގެ ކޮންޓްރޯލް ބޭނުންކުރައްވައިގެން މިނިވަން އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅުއްވުން ވަގުތުން ހުއްޓަވާލެއްވުމަށް ދަންނަވަމެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތަމްހީދީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ހައިޞިއްޔަތުން ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް އަންގަން ބޭނުންވި އެނައުންސްމަންޓް އާއި އިޝްތިހާރު ވަނީ ފޮނުވައިނުދެއްވާފައެވެ. ކަނޑައެޅިފައިވާ އަގެއް […]
[ވިދާޅުވޭ...]
(ތިރީގައި މިވަނީ އެމްޑީޕީގެ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ޗެއަރޕާސަން ގ ކެނެރީގޭ މުހައްމަދު ނަޝީދު (އަންނި) ގެ 7 މާޗް 2007 ވަނަ ދުވަހު އޭނާގެ ކެންޕެއިން ފެއްޓުމަށް ބޭއްވި ޖަލްސާގައި އޭނާ ދެއްކެވި ވާހަކައެވެ.)
~ އައްސަލާމް އަލައިކުމް. ގައުމީ ހަޔާތުގައި ގައުމެއްގެ ހަޔާތުގައި ވެއްޖިއްޔާ އަންނާނެ ދަނޑިވަޅުތަކެއް، އަންނާނެ ހިނދުކޮޅުތަކެއް، އެހިނދުކޮޅުތައް މިސްރާބު މިދައްކާ ދެނީ އެގައުމު އެބަޔަކު ދެންގޮސް އުފުލޭ މަރުހަލާ. އަޅުގަޑުމެން ދެން ދާނެ ތަން، އަޅުގަޑުމެންނަށް ދެން ވާނެގޮތް އެގިވަޑައިގަންނަވާނެ. މިދުވަހަކީ، މީގެ ހަތަރު ފަސްއަހަރު ކުރީގައި
[ވިދާޅުވޭ...]