ދިއެފްއެމްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ގެންދެވި ސާރވޭއިންނާއި އެހެނިހެން ޚިޔާލު ހޯދުންތަކުންވެސް ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުކަން ވަރަށް ސާފުކޮށްވަނީ ހާމަވެފައެވެ. މިނަތީޖާއަކީ އަޅުގަނޑުމެންނަށްވެސް އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށްވެސް ހާމަވެ ގަބޫލުކުރަންޖެހިފައިވާ ހަގީގަތެކެވެ. ދިވެހި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ގިނަ ޕާޓީ ވާދަކުރާ ފުރަތަމަ ރިޔާސީ އިންތިޚާބުގައި މިއަދުގެ ސަރުކާރު ބަދަލުކޮށްލުމަށާއި ނަތީޖާ ފުރަތަމަ ބުރުން ކާމިޔާބުކުރުމަށްޓަކައި ވާދަވެރި ސިޔާސީ ޕާޓީތަކުން އެމްޑީޕީއާއި ގުޅުމަށްޓަކައި މިފުރުސަތުގައި ގޮވާލަމެވެ. މިއަދުގެ ސަރުކާރު […]
[ވިދާޅުވޭ...]
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ތާއީދުކޮށް އަނެއް ދިވެހިރާއްޖެ ކެމްޕޭނަށް އެހީވުމަށްޓަކައި ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ އިން ކޮމިޓީއެއް އެކުލަވާލައިފިއެވެ. 18 މެމްބަރުންގެ މައްޗަށް އެކުލެވޭ މިޓީމު އެކުލަވާލާފައިވަނީ މާލޭގައި ދިރިއުޅޭ ތިލަދުންމަތީގެ ރައްޔިތުން އެއްތަނަކަށް ޖަމާވެ ކެމްޕޭނާއި މެދު ޚިޔާލު ބަދަލުކުރުމަށްޓަކައި ހއ އަދި ހދ ގެ ގޮފިތަކުން ހުކުރު ދުވަހުގެރޭ މާފަންނު މަދަރުސާގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ކޮމިޓީގެ އިސްބޭފުޅަކަށް […]
[ވިދާޅުވޭ...]
އެމްޑީޕީގެ ސަރުކާރެއްގައި ޒުވާނުންގެ ކަންތައްތައް ކުރިޔަށް ގެންދާނެ ގޮތުގެ ސިޔާސަތު ތައްޔާރުކުރުމަށްޓަކައި ޒުވާނުންގެ ޚިޔާލު ހޯދައިފިއެވެ. މި ހަރަކާތް ހިންގާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭ ބިއްލޫރި މާލަމުގައެވެ. މިހާރު އެމްޑީޕީން ކަނޑައަޅާފައިވާ ބައެއް ސިޔާސަތުތަކާއި މެދު ޒުވާނުންގެ ޚިޔާލު ހޯދާ ޒުވާނުން އިތުރަށް ބޭނުންވާކަންތައްތައް ހާސިލް ކުރުމަށް ކުރަންޖެހޭނެ ކަންތައްވެސް އެރޭ ސާފުކުރައްވާފައިވެއެވެ. އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ޒުވާނުންގެ ކޯ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްކަމުގައިވާ ޝެހެނާޒު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް އެކުލަވާލުމަށް […]
[ވިދާޅުވޭ...]
ރައްޔިތުންގެ އަތަށް މިފަހަރު ލިބޭ ވޯޓު ކަރުދާސް ކޮޅަކީ ވަރަށް ގިނަ ބައެއްގެ ތުރާ ވޭނަށްފަހު ރަށްދުކުރެވޭ ވޯޓުކަރުދާސް ކޮޅެއް ކަމަށާއި އެކަރުދާސްކޮޅަށް ބޭއިންސާފު ވެލައްވައިފިނަމަ އެކަމަކީ ހަމައެކަނި ތިމާގެ ނަފްސަށް ވެވޭ ބޭއިންސާފެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރ 12 އިން 13 އަށް އެމަނިކުފާނު ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ކެންޕެއިން ދަތުރުގައި އެއަތޮޅު ރޭ ދެއްކެވި ވާހަކަފުޅުގައި ކެންޑިޑޭޓް ނަޝީދު ވިދާޅުވީ ވޯޓު […]
[ވިދާޅުވޭ...]
ދިވެހި ރައްޔިތުން މިވަގުތު މިތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި ރައްޔިތުން ބޭނުންވަނީ ވޭތިވެދިޔަ 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަމުގެ ސަގާފަތުގެ ތެރެއަށް ވަދެ އޭގެން ތަޖުރިބާ ލިބިފައިނުވާ ސާފުސާދާ ބަދަލެއްކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހުގެރޭ ނ ހޮޅުދޫ މޭނާ ސްކޫލުގައި ރައްޔިތުންނާއި ބައްދަލުކުރައްވަމުން ނަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް ފައިނަންގަވައިގެން މިއުޅުއްވާ ބައެއް ބޭފުޅުންނަކީ މިހާރު މިއޮތް ވެރިކަމުގެ ބައިވެރިންކަމުގައެވެ. އަދި އެއީ އެކިގޮތްގޮތަށް އެކިވަގުތު މިވެރިކަމުގައި ބައިވެރިވެ އޭގެން ތަޖުރިބާ ލިބި […]
[ވިދާޅުވޭ...]
ވޭތިވެދިޔަ 30 އަހަރު މިރާއްޖޭގެ އޮތް ޚުދުމުޚްތާރު ވެރިކަމުން ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެއް ވެރިކަމަށް އައިސްފިނަމަ ދިވެހިން އިސްލާހަށްޓަކައި ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެގެން ހިނގައިދާނެ ކަމަށް އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވެއްޖެއެވެ. ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ވެރިކަމެއްގައި ދިވެހިންނަށް ހޯއްދަވައިދެއްވާނެ “ހެޔޮ ސަރުކާރާއި” ބެހޭ މައުލޫމާތު ދެއްވުމަށް އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައެވެ. ޚުދުމުޚްތާރު ސަގާފަތުގެ ވެރިން ވެރިކަމަށް އައުމުން ކަންތައް […]
[ވިދާޅުވޭ...]