Wathan Edhey Gothah – MDP » editor

October 26, 2008

އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް ކުރެންދޫ އަންހެނުން ލޮރީ ބުރެއް ބާއްވައިފި

އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓަށް ތާޢީދު ހޯދުމަށްޓަކައި ޅ.އަތޮޅު ކުރެންދޫ އަންހެނުން އިސްނަގައިގެން ލޮރީ ބުރެއް 24 އޮކްޓޯބަރު ދުވަހު ހަވީރު އެރަށުގައި ބާއްވައިފިއެވެ. މިލޮރީ ބުރުގައި އެރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓަށް އިތުރަށް ތާއީދަށް ހޯދުމަށްޓަކައި މަސައްކަތް ކުރުމަށް އަންހެނުންނަށް ޚާއްސަ ޖަގަހައެއްވެސް ވަނީ އެރަށުގައި ހުޅުވާފައެވެ.

[ވިދާޅުވޭ...]

October 23, 2008

ދިވެހި ދައުލަތް ތިލަޔެއްގެ މިޔަމަތީގައި

ރާއްޖޭގެ އިގްތިސޯދުގައި ދަތުރުކުރާ ފައިސާގެ އަދަދަކީ އެއްވެސްމީހަކަށް ފަސޭހައިން ލަފާކޮށްލެވޭނެ އަދަދެއްނޫނެވެ. އެހެނަސް އަތްމައްޗަށް ފައިސާ އެރުން ހުއްޓުނީމާ ނުވަތަ މަޑުޖެހެލީމާ ވަގު ނޫޓު އަތަށް އަރަންފެށީމާ ކޮންމެ މީހަކަށްވެސް އާދަޔާ ޚިލާފުކަމެއް ހިނގާކަން އިހުސާސް ވާނެއެވެ. ދުނިޔޭގެ ހުރިހާ ގައުމަކަށް ފެތުރި ހަލުވިކަމާއެކު އޭގެ އަސަރު ފޯރުވަމުންދާ މާލީ ރޯގާ ނުވަތަ ފައިސާގެ ދަތިކަމާއި މުޅި ދުނިޔޭގެ އިގްތިސޯދަށް އަންނަމުންދާ ބޮޑެތި ލޮޅުންތަކުގެ ވާހަކަ އެއްސެވީމުތޯއެވެ؟ ދުނިޔެ މިއޮތީ ރިސެޝަނެއްގެ އަނގަމަތީގައިކަން އެނގިވަޑައި ގަންނަވާތޯއެވެ؟ ރިޔާސީ […]

[ވިދާޅުވޭ...]

އެއާޕޯޓް ރެޕްސް އެސޯސިއޭޝަންގެ އިސްބޭފުޅުން ވަތަން އެދޭގޮތަށް އެމްޑީޕީ އިއްތިހާދަށް ތާއީދުކުރައްވާކަން ހާމަކުރެއްވައިފި

އެއާޕޯޓް ރެޕްސް އެސޯސިއޭޝަންގެ އިސްބޭފުޅުންކޮޅެއް އިސްލާހަށް މަސައްކަތްކުރައްވާ އިއްތިހާދަށް ތާއީދުކުރައްވާ ބަދަލަކަށް ބޭނުންވާކަން ހާމަކުރައްވައިފިއެވެ. މިއަދު ވަތަން އެދޭގޮތަށް ކެމްޕޭންގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްގައި ބައިވެރިވަޑައިގެން އެއާޕޯޓުގައި ވަރަށް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވަމުން ގެންދެވި ތިން ބޭފުޅުންކަމުގައިވާ މުހައްމަދު ނިޔާޒާއި ފަތުހުﷲ ފާއިޒް އަދި މުހައްމަދު ރަޝީދު ވިދާޅުވީ އެއާޕޮޓުގެ ފެންވަރު ރަގަޅުކޮށް އެތަނުން ހިދުމަތް ލިބެމުންދާ ފަރާތްތަކަށް ފަސޭހަކުރުމަށްޓަކައި ސަރުކާރަށް ކުރިވިދާނެ އެތައް ކަމެއް ކުރުމަށް އެތައް ފަހަރުކު އެއާޕޯޓުގައި މަސައްކަތްކުރާ ފަރާތްތަކުން އިލްތިމާސްކުރުމުންވެސް އެކަމަށް […]

[ވިދާޅުވޭ...]

ވަތަން އެދޭގޮތަށް އުފައްދަވާފައިވާ އިއްތިހާދުގެ އިސްބޭފުޅުން ތިލަދުންމަތީގެ ދެއަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފި

އިސްލާހަށް މަސައްކަތްކުރާ ޕާޓީތަކުން ވަތަން އެދޭ ގޮތަށް އުފައްދަވާފައިވާ އިއްތިހާދުގެ ވެރިން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ. ބުދަ ދުވަހުގެ ހެދުނު މިފެއްޓެވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަދި ޖުމުހޫރީ ގުޅުމުގެ ލީޑަރ ގާސިމް އިބްރާހިމް އަދި ގައުމީ އިއްތިހާދުގެ ވައިސް ޗެއާޕާސަން ޑރ މުސްތަފާ ލުތުފީ އާއި އެހެނިހެން އިސްބޭފުޅުންނެވެ. މިބޭފުޅުން އެންމެ ފުރަތަމަ މިއަދު ވަޑައިގެންނެވީ ހދ ހަނިމާދޫއަށެވެ. އެއަށްފަހު ނޮޅިވަރަމް އަދި ވައިކަރަދޫއަށް […]

[ވިދާޅުވޭ...]

October 22, 2008

ވަތަން އެދޭ ގޮތަށް ކެމްޕޭންގެ ފަރާތުން ރޭ ހުޅުވި ފަސް ޖަގަހައިގެ ތެރެއިން އެއްޖަގަހައަށް ގެއްލުންތަކެއް ދީފި

ވަތަން އެދޭގޮތަށް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިންމާލުމަށް ހިންގަމުންދާ ކެމްޕޭންގެ ފަރާތުން ރޭ މާލޭގައި ހުޅުވި ފަސް ޖަގަހައިގެ ތެރެއިން އެއް ޖަގަހައަށް ރޭ ފަތިހުގެ ވަގުތެއްގައި ގެއްލުންތަކެއް ދީފިއެވެ. ރޭ ހުޅުވުނު ޖަގަހަތަކުގެ ތެރެއިން ގެއްލުން ދީފައިވަނީ ހެންވޭރު ކަށިމާ ހިނގުމުގައި ހުޅުވި އެވާރ ޗާންސް ޖަގަހައަށެވެ. އެޖަގަހައިގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ސައިކަލްތަކެއްގައި ވަޅި އާއި ކަނޑި ހިފައިގެން އައި ހަމީހަކު މިޖަގަހައިގައި ނަގާފައި ހުރި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ […]

[ވިދާޅުވޭ...]

ވަޠަން އެދޭ ގޮތަށް ޖަގަހަ- މާލެ

[ވިދާޅުވޭ...]

ކެންޑިޑޭޓް ނަޝީދަށް ވޯޓު ދެއްވާން ގޮވާލެއްވުމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރ ވަޒީފާއިން ވަކިކުރި މައްސަލަ ކުށްވެރިކުރަން – ޒަކީ

[ވިދާޅުވޭ...]

Previous Page »« Next Page