މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ޔޫރަޕިޔަން ޔޫނިއަންގެ އިލެކްޝަންސް އެކްސްޕާރޓްސް މިޝަން ގެ ޓީމް ލީޑަރ މިސްޓަރ ޕޯލް އޯ ގްރޭޑީ އާއި ވަތަން އެދޭގޮތުގެ ގުޅުން (އެމްޑީޕީ އިއްތިހާދު ޖުމްހޫރީ ގުޅުން) ތަމްސީލު ކުރާ ޓީމަކުން ބައްދަލު ކުރައްވައިފިއެވެ. މި ޓީމްގައި ހިމެނިވަޑައިގެންނެވީ އެމްޑީޕީ ގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި އެމްޑީޕީ ރިޔާސީ ކެންޑިޑޭޓްގެ ނާއިބު ޑރ. މުހއްމަދު ވަހީދު ހަސަން މަނިކާއި، ގުޅިފައިވާ ޕާލިމެންޓަރީ ގުރޫޕުން ހަސަން އަފީފާއި، ގައުމީ މަޖިލިސް […]
October 21, 2008
މިފްކޯގެ އިސްވެރިން ދެއްކެވި ހިތްވަރުގަދަ މިސާލަށް ސާބަސްދީ މަރުހަބާ ކިޔަމެވެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ޢާދިލް ސަލީމާއި އޭނާގެ ދަށުން މަސައްކަތް ކުރައްވާ މިފްކޯގެ ސީނިއަރ މުވައްޒަފުން ވަޠަން އެދޭގޮތަށް ކެމްޕޭންގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) އަށް ތާއީދު ކުރުމަކީ ހިތްވަރުގަދަކަމުގެ މިސާލެއްކަމަށް މިކެމްޕޭނުން ދެކެމެވެ. އަދި އެކަމަށް ސާބަސް ދީ މަރުހަބާ ކިޔަމެވެ. މިފްކޯގެ އިސްވެރިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެބޭފުޅުން ވިދާޅުވީ ރާއްޖެއަށް ބަދަލެއް ގެންނަން ވެއްޖެ ކަމަށް އެބޭފުޅުންނަށް ގަބޫލުފުޅުކުރެއްވޭ ކަމަށާއި ފަހަތަށް ފިޔަވަޅު ނާޅުއްވައި ކުރިމަގަށް ވިސްނަވައި ވޯޓު […]
ސަރުކާރު ހިންގުމުގެ ބާރުތައް ގާނޫނު އަސާސީ ޚިލާފުވާފަދަ ގޮތަކަށް ޔާމީނާއި އެކު ހިއްސާކުރުމަށް ވެފައިވާ އެއްބަސްވުމެއް ގުޅިފައިވާ އިއްތިހާދުން އާއްމުކޮށްފި
މިއަހަރުގެ ރިޔާސީ އިންތިހާބު މައުމޫނު އަބްދުލްގައްޔޫމަށް ކާމިޔާބު ކުރެވިއްޖެނަމަ ގާނޫނު އަސާސީ އާއި ޚިލާފުވާފަދަ ގޮތަކަށް ސަރުކާރު ހިންގުމުގެ ބާރުތައް ކޮއްކޯފުޅު ޔާމީން އަބްދުލް ގައްޔޫމާއި އެކު ހިއްސާކުރެއްވުމަށް ވެފައިވާ އެއްބަސްވުމެއް ގުޅިފައިވާ އިއްތިހާދުން އާއްމުކޮށްފިއެވެ. ގުޅިފައިވާ އިދިކޮޅު ހަތް ޕާޓީ އެކުލެވޭ ވަތަން އެދޭ ގޮތަށް ކެމްޕޭންގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައި އާއްމުކުރި މި އެއްބަސްވުމުގައި ވާގޮތުން މައުމޫނު ހޮވިއްޖެނަމަ ވަޒީރުންގެ މަޖިލިސް އެކުލަވާލުމާއި ސަރުކާރުން ނިންމާ ނިންމުންތައް ނިންމާނީ ޑީއާރުޕީގެ ފަރާތުން ކަނޑައަޅާ […]
ފަރެސް މާތޮޑާގެ އަންހެނުން ގުޅިފައިވާ އިއްތިހާދަށް ތާއީދުކޮށް ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދޭ
އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު އިތުރުކުރުމަށްޓަކައި ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރާ ފަރެސް މާތޮޑާގެ އަންހެނުން “ވަތަން އެދޭ ގޮތަށް” ކެމްޕޭންގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. ފަރެސް މާތޮޑާގައި ކެމްޕޭން ހަރަކާތްތައް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މައުލޫމާތު ދެއްވި ގޮތުގައި ކޮންމެ ދުވަހެއްގެވެސް ހަވީރު އަންހެނުންދަނީ ނަޝީދަށް ތާއީދުކުރުމުގެ ހިނގާލުންތަކެއް ބާއްވަމުންނެވެ. އަދި މިހިނގާލުމުގައި ރަށުގެ އެކި ހިސާބުތަކަށް ގްރޫޕްތަކުން ގޮސް އެހިސާބުތަކުގެ ގެތަކުގައި ދިރިއުޅޭ މީހުންނަށް މައުލޫމާތު […]
އެމްޑީޕީ އިއްތިހާދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވައިފި
އެމްޑީޕީ އިއްތިހާދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލު ކުރުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޖަލުގެ ބަންދުގައި ތިބި ގައިދީންނަށް ވޯޓުލުމުގެ ފުރުސަތު ލިބުމުގެ ހައްގު ހޯދައިދިނުމާ ބެހޭގޮތުންނާއި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ގެއްލިފައިވާ މިންވަރާ ބެހޭ ގޮތުންނެވެ. ޖަލުގައި ތިބި ގައިދީންނަށް ވޯޓު ލުމުގެ ފުރުސަތު ލިބުމުގައި ދަތިތަކެއް ދިމާވެގެން އުޅޭކަމަށް ގައިދީން ޢާއިލާތަކުން މަޢުލޫމާތު ދީފައިވަނީ ގައިދީންގެ އައިޑީ ކާޑު ފޯރު ކޮށްނުދީ ހިފަހައްޓާ މައްސަލައެވެ. […]