Wathan Edhey Gothah – MDP » News

September 6, 2008

އެމްޑީޕީގެ ލީޑާރޝިޕްގެ ފަރާތުން ބ އަތޮޅުގައި އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކާމިޔާބު ހަރަކާތްތަކެއް ހިންގަމުން އެބަދޭ

އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ބ އަތޮޅުގެ ރަށްތަކުގައި އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކާމިޔާބު ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކަންތައް ބ އަތޮޅުގައި ހިންގުމަށް އިސްކޮށް އުޅުއްވާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) މައުލޫމާތު ދެއްވިގޮތުގައި ހުކުރުދުވަހުގެ ހެދުނު ލީޑަރޝިޕްގެ ޓީމެއް ބ އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ފައްޓަވާފައިވެއެވެ. ކުރީގެ ޚާއްސަ މަޖިލީހުގެ މ އަތޮޅު މެމްބަރު އަހުމަދު ޝަފީގު އިސްކޮށް ހުންނަވާ ލީޑަރޝިޕް ޓީމުގެ ފަރާތުން އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ ފޮނަދޫ އަދި […]

[ވިދާޅުވޭ...]

މިހާރު އެކުލަވާލާފައިވާ އިލެކްޝަންސް ކޮމިޝަނަކީ ހުޅުވާލެވިފައިވާ މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވޭނެ ގާބިލްކަން ހުރި ކޮމިޝަނެއްކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން އެކުލަވާލެއްވި އިލެކްޝަންސް ކޮމިޝަނަކީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ހުޅުވާލެވިފައިވާ މިނިވަން އިންތިހާބަކަށް ހެދޭނެ ފެންވަރުގެ ގާބިލްކަން ހުރި ކޮމިޝަނެއްކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާހަގަކުރައްވައިފިއެވެ. މިއަދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޕާލިމަންޓްރީ ގްރޫޕްގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕާލިމަންޓްރީގްރޫޕްގެ ވިޕް ޅ އަތޮޅުގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އާ އިލެކްޝަންސް ކޮމިޝަނެއް ނުއުފެއްދުނު ނަމަ މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ ކދ އަހުމަދު […]

[ވިދާޅުވޭ...]

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ގދ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

ގދ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދަތުރުފުޅެއް ފައްޓަވައިފިއެވެ. ހޮނިހިރު ދުވަހުގެ މެންދުރު ފަހު ފެއްޓެވި މިދަތުރުފުޅުގައި ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ފުރަތަމަ ޒިޔާރަތްކުރައްވާނީ ގައްދޫއަށެވެ. ގައްދޫއަށްފަހު ކެނޑިޑޭޓް ޒިޔާރަތްކުރައްވާނީ ފަރެސް މާތޮޑާއަށާއި ތިނަދޫއަށެވެ. ކެންޑިޑޭޓް މިއިން ކޮންމެ ރަށެއްގައި ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި ހޮނިހިރުދުވަހުގެރޭ ތިނަދޫގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ގދ އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ 10 ޖަހާއިރު އޮންނަ މިޖަލްސާ ދިއެފްއެމް […]

[ވިދާޅުވޭ...]

September 4, 2008

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އއ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

އއ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދަތުރުފުޅެއް ފައްޓަވައިފިއެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ފެއްޓެވި މިދަތުރުފުޅުގައި ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ފުރަތަމަ ޒިޔާރަތްކުރައްވާނީ ތޮއްޑޫއަށެވެ. އޭގެ ފަހުން ކެނޑިޑޭޓް ޒިޔާރަތްކުރައްވާނީ ރަސްދޫ، އުކުޅަސް، މާޅޮސް އަށެވެ. ކެންޑިޑޭޓް ކޮންމެ ރަށެއްގެވެސް ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި ބުރާސްފަތިދުވަހުގެރޭ އުކުޅަހުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކެމްޕޭން އޮފީހުން މައުލޫމާތު ދެއެވެ. އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ފަރާތުން އަރިއަތޮޅުގެ ރަށްތަކަށް މީގެ […]

[ވިދާޅުވޭ...]

September 2, 2008

އެމްޑީޕީގެ ސަރުކާރެއްގައި ފޯރުކޮށްދޭ ހެލްތު އިންޝުއުރެންސްއިން ކޮންމެ ރައްޔިތެއްގެ ހުރިހާ ސިއްހީ މައްސަލައެއް ކަވަރުކުރެވޭނެ – ކެންޑިޑޭޓް ނަޝީދު

[ވިދާޅުވޭ...]

August 31, 2008

ރައްޔިތުންގެ އިއްޒަތުއްނަފްސު ގެއްލިގެންދާ ސަބަބެއްކަމުގައި ބޭސްފަރުވާއަށް ސަލާންޖަހަން ޖެހުން އޮތްއޮތުން ނައްތާލާނަން – ކެންޑިޑޭޓް ނަޝީދު

[ވިދާޅުވޭ...]

ރަމްޟާން މަހުގެ އަޅުކަމާއި ކުރިމަތިލާއިރު ހާލުގައި ޖެހިފައިވާ ނިކަމެތިންގެ މަތީން ހަދާންނައްތާލައިގެން ނުވާނެ – ކެންޑިޑޭޓް ނަޝީދު

[ވިދާޅުވޭ...]

Previous Page »« Next Page