ދިވެހި ރައްޔިތުން މިވަގުތު މިތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި ރައްޔިތުން ބޭނުންވަނީ ވޭތިވެދިޔަ 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަމުގެ ސަގާފަތުގެ ތެރެއަށް ވަދެ އޭގެން ތަޖުރިބާ ލިބިފައިނުވާ ސާފުސާދާ ބަދަލެއްކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހުގެރޭ ނ ހޮޅުދޫ މޭނާ ސްކޫލުގައި ރައްޔިތުންނާއި ބައްދަލުކުރައްވަމުން ނަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް ފައިނަންގަވައިގެން މިއުޅުއްވާ ބައެއް ބޭފުޅުންނަކީ މިހާރު މިއޮތް ވެރިކަމުގެ ބައިވެރިންކަމުގައެވެ. އަދި އެއީ އެކިގޮތްގޮތަށް އެކިވަގުތު މިވެރިކަމުގައި ބައިވެރިވެ އޭގެން ތަޖުރިބާ ލިބި […]
[ވިދާޅުވޭ...]
ނ އަތޮޅުގެ ފަސް ރަށަކަށް ޒިޔާރަތްކުރެއްވުމަށްފަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިއަދު ހަވީރު މާލެވަޑައިގަންނަވާނެއެވެ. މިޒޔާރަތުގައި ނަޝީދު އަންގާރަ ދުވަހު ފުރަތަމަ ވަޑައިގެންފައިވަނީ ވެލިދޫއަށެވެ. ވެލިދޫއަށް ނަޝީދު ފައިބައިވަޑައިގެންނެވި ވަގުތަކީ ހަވީރު ވަގުތަށްވީނަމަވެސް ވަރަށް ގިނަ ބަޔަކު ކެންޑިޑޭޓްގެ އިސްތިގްބާލަށް ބަނދަރު ސަރަހައްދަށް އައިސްފައިވެއެވެ. ވެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު އަންގާރަ ދުވަހުގެރޭ ނަޝީދުވަނީ ހުޅުދޫއަށް ވަޑައިގެންފައެވެ. އަދި އެރޭ 10 އެއް ޖަހަންދެން ހުޅުދޫގެ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު […]
[ވިދާޅުވޭ...]
އެމްޑީޕީއާއި ގުޅެވޭނީ ނުވަތަ އެކުއެޅެވޭނީ އަދި ބައިވެރިވެވޭނީ އެޕާޓީގެ ފަލްސަފާ ގަބޫލުކޮށް އެއަށް އަމަލުކޮށް އެގޮތަށް މިސާލު ދައްކާ ބަޔަކަށް އެކަނިކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. ރިޔާސީ ކެންޑިޑޭޓް ނަޝީދު މިހެން ވިދާޅުވީ “ހެޔޮވެރިކަމެއް ހިންގާނެ ގޮތްތައް” ހާމަކުރުމަށް އެމްޑީޕީގެ ހަރުގޭގައި އަންގާރަ ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަލްސަފާއަކީ އިންސާފުވެރި އޯގާތެރި ރައްޔިތުންގެ އަޑު އަހާ ރައްޔިތުން ބޭނުންވާ ވެރިކަމުގެ ބިންގަލެއް އެޅުންކަމުގައެވެ. ތަރައްގީގެ ފިޔަވަޅެއް އެޅޭނީ މިބިންގާ އެޅިގެން […]
[ވިދާޅުވޭ...]
މިއަހަރު ބާއްވަން މަސައްކަތްކުރާ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރައްވާން ޖެހުނު ސަބަބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހާމަކުރައްވައިފިއެވެ. ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިސަބަބު ހާމަކުރެއްވީ ހޯމަ ދުވަހުގެރޭ ދިވެހި ރާއްޖޭގެ އަޑުގައި ރިޔާސީ އިންތިޚާބަށް ޢާންމުން ހޭލުންތެރި ކުރުވުމަށް ހިންގާ “ރިޔާސީ އިންތިހާބު 2008” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެބޭފުޅާ ކުރިމަތިލައްވަން ނިންމެވީ އެއީ އެބޭފުޅާގެ މަސްއޫލިއްޔަތެއްކަމަށް ވަރަށް ގިނަ ބަޔަކު ދެކެމުން އައުމުންނެވެ. ނަޝީދު ވިދާޅުވި […]
[ވިދާޅުވޭ...]
ނ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވާނެއެވެ. މިޒޔާރަތުގައި ނަޝީދު ފުރަތަމަ ވަޑައިގަންނަވާނީ ވެލިދޫއަށެވެ. ވެލިދޫއިން ނަޝީދު ވަޑައިގަންނަވާނީ ހު ޅުދޫއަށެވެ. ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި މިރޭ 10 ޖަހާއިރު ހުޅުދޫ މޭނާ ސްކޫލުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިޖަލްސާ ދިއެފްއެމް ރޭޑިޔޯއިން ލައިވްކުރާނެއެވެ. އަންގާރަ ދުވަހު ކެންޑިޑޭޓް ވަޑައިގަންނަވާނީ ކެނދިކުޅުދޫއަށެވެ. ކެނދިކުޅުދޫގައި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި ދޮރުންދޮރަށް ކެންޑިޑޭޓް ހިންގަވާނެއެވެ. އެއަށްފަހު ކެންޑީޑޭޓް ވަޑައިގަންނަވާނީ މަނަދޫއަށެވެ. ކެންޑިޑޭޓް […]
[ވިދާޅުވޭ...]