Wathan Edhey Gothah – MDP » News

September 14, 2008

އެމްޑީޕީގެ ސަރުކާރެއްގައި ތީމުގޭ ޔުނިވާސިޓީއަކަށް ހައްދަވާނެކަމަށް ކެންޑިޑޭޓް ނަޝީދު ވިދާޅުވެއްޖެ

[ވިދާޅުވޭ...]

September 13, 2008

ލ އަތޮޅަކީ ރައީސް މައުމޫނުގެ ސަރުކާރުން އެންމެ ބޮޑަށް އިހްމާލުވެފައިވާ އެއް އަތޮޅު – އެމްޑީޕީ

އަތޮޅަކީ ރައީސް މައުމޫނުގެ ސަރުކާރުން އެންމެ ބޮޑަށް އިހްމާލުވެފައިވާ އެއް އަތޮޅުކަމަށް ތަޖްރިބާ ކުރެއްވޭކަމަށް އެމްޑީޕީގެ ވަގުތީ އަދި ނައިބުރައީސް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވެއްޖެއެވެ. ޒަކީ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދަށް ތާއިދު ހޯއްދެވުމަށް އެޕާޓީގެ ލީޑަރޝިޕުން ލ އަތޮޅަށް ކުރަމުން ގެންދާ ދަތުރުފުޅުގައި އިސްދޫ ގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ހުކުރުދުވަހު ވިދާޅުވީ ލ އަތޮޅަކީ ރައީސް މައުމޫނުގެ ސަރުކާރުން ޚުދުމުޚްތާރު ވެރިކަމެއް އެންމެ ވަރުގަދައަށް ހިންގި އެއް އަތޮޅުވެސް […]

[ވިދާޅުވޭ...]

ވާދަވެރި ޕާޓީތަކުން އެމްޑީޕީއާއި ގުޅުމަށް ގޮވާލަން

ދިއެފްއެމްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ގެންދެވި ސާރވޭއިންނާއި އެހެނިހެން ޚިޔާލު ހޯދުންތަކުންވެސް ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުކަން ވަރަށް ސާފުކޮށްވަނީ ހާމަވެފައެވެ. މިނަތީޖާއަކީ އަޅުގަނޑުމެންނަށްވެސް އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށްވެސް ހާމަވެ ގަބޫލުކުރަންޖެހިފައިވާ ހަގީގަތެކެވެ. ދިވެހި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ގިނަ ޕާޓީ ވާދަކުރާ ފުރަތަމަ ރިޔާސީ އިންތިޚާބުގައި މިއަދުގެ ސަރުކާރު ބަދަލުކޮށްލުމަށާއި ނަތީޖާ ފުރަތަމަ ބުރުން ކާމިޔާބުކުރުމަށްޓަކައި ވާދަވެރި ސިޔާސީ ޕާޓީތަކުން އެމްޑީޕީއާއި ގުޅުމަށްޓަކައި މިފުރުސަތުގައި ގޮވާލަމެވެ. މިއަދުގެ ސަރުކާރު […]

[ވިދާޅުވޭ...]

ބޮޑު ތިލަދުންމަތީގެ ތިންއަތޮޅުން އަނެއް ދިވެހިރާއްޖެ ކެމްޕޭނަށް އެހީވުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ތާއީދުކޮށް އަނެއް ދިވެހިރާއްޖެ ކެމްޕޭނަށް އެހީވުމަށްޓަކައި ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ އިން ކޮމިޓީއެއް އެކުލަވާލައިފިއެވެ. 18 މެމްބަރުންގެ މައްޗަށް އެކުލެވޭ މިޓީމު އެކުލަވާލާފައިވަނީ މާލޭގައި ދިރިއުޅޭ ތިލަދުންމަތީގެ ރައްޔިތުން އެއްތަނަކަށް ޖަމާވެ ކެމްޕޭނާއި މެދު ޚިޔާލު ބަދަލުކުރުމަށްޓަކައި ހއ އަދި ހދ ގެ ގޮފިތަކުން ހުކުރު ދުވަހުގެރޭ މާފަންނު މަދަރުސާގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ކޮމިޓީގެ އިސްބޭފުޅަކަށް […]

[ވިދާޅުވޭ...]

އެމްޑީޕީގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ޒުވާނުންގެ ސިޔާސަތު ތައްޔާރުކުރުމަށްޓަކައި ޒުވާނުންގެ ޚިޔާލު ހޯދައިފި

އެމްޑީޕީގެ ސަރުކާރެއްގައި ޒުވާނުންގެ ކަންތައްތައް ކުރިޔަށް ގެންދާނެ ގޮތުގެ ސިޔާސަތު ތައްޔާރުކުރުމަށްޓަކައި ޒުވާނުންގެ ޚިޔާލު ހޯދައިފިއެވެ. މި ހަރަކާތް ހިންގާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭ ބިއްލޫރި މާލަމުގައެވެ. މިހާރު އެމްޑީޕީން ކަނޑައަޅާފައިވާ ބައެއް ސިޔާސަތުތަކާއި މެދު ޒުވާނުންގެ ޚިޔާލު ހޯދާ ޒުވާނުން އިތުރަށް ބޭނުންވާކަންތައްތައް ހާސިލް ކުރުމަށް ކުރަންޖެހޭނެ ކަންތައްވެސް އެރޭ ސާފުކުރައްވާފައިވެއެވެ. އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ޒުވާނުންގެ ކޯ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްކަމުގައިވާ ޝެހެނާޒު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް އެކުލަވާލުމަށް […]

[ވިދާޅުވޭ...]

ރައްޔިތުންގެ އަތަށް މިފަހަރު ލިބޭ ވޯޓު ކަރުދާސް ކޮޅަކީ ވަރަށް ގިނަ ބައެއްގެ ތުރާ ވޭނަށްފަހު ރަށްދުކުރެވޭ ވޯޓުކަރުދާސް ކޮޅެއް – ކެންޑިޑޭޓް ނަޝީދު

ރައްޔިތުންގެ އަތަށް މިފަހަރު ލިބޭ ވޯޓު ކަރުދާސް ކޮޅަކީ ވަރަށް ގިނަ ބައެއްގެ ތުރާ ވޭނަށްފަހު ރަށްދުކުރެވޭ ވޯޓުކަރުދާސް ކޮޅެއް ކަމަށާއި އެކަރުދާސްކޮޅަށް ބޭއިންސާފު ވެލައްވައިފިނަމަ އެކަމަކީ ހަމައެކަނި ތިމާގެ ނަފްސަށް ވެވޭ ބޭއިންސާފެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރ 12 އިން 13 އަށް އެމަނިކުފާނު ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ކެންޕެއިން ދަތުރުގައި އެއަތޮޅު ރޭ ދެއްކެވި ވާހަކަފުޅުގައި ކެންޑިޑޭޓް ނަޝީދު ވިދާޅުވީ ވޯޓު […]

[ވިދާޅުވޭ...]

September 10, 2008

ނ އަތޮޅު ކެމްޕޭން ދަތުރުގެ ފޮޓޯ

[ވިދާޅުވޭ...]

Previous Page »« Next Page