އެމްޑީޕީ އިއްތިހާދާއި ގުޅިގެން މިއަދުގެ ސަރުކާރު ބަދަލުކޮށްލުމަށް މަސައްކަތްކުރުމަށް ގޮވާލަން
ދިއެފްއެމް ރޭޑިޔޯއިން ނެގި އެސްއެމްއެސް ވޯޓުން ޖައްސަޖައްސައިގެން ދެހަފްތާ ވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ކަށަވަރުކުރައްވާފައިވާކަން އަނެއް ދިވެހިރާއްޖެ ކެމްޕޭނުން ފާހަގަކުރަމެވެ. ހުކުރު ދުވަހުގެރޭ ނެގި ވޯޓުން އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވަނީ %49 ކަށަވަރު ކުރައްވާފައެވެ. ރިޔާސީ ރޭހުގެ ޕްރޮގްރާމުގައި މިދިޔަ ހަފްތާގައި ނެގި ވޯޓުންވެސް ނަޝީދުވަނީ %40 ކަށަވަރުކުރައްވާފައެވެ. ހުކުރުދުވަހުގެރޭ 11 ން 12 އަށް ދިއެފްއެމްގެ ނެގި މިވޯޓުގައި ޖުމުލަ 10,887މީހުން އެސްއެމްއެސްގެ ޒަރިއްޔާއިން […]