ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމަކުން ނޫނީ ރައްޔިތުންނަށް މަންފާ ކުރާ ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ހއ އަދި ށ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގައި ށ ކަނޑިތީމުގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެއަށް ތައާރަފްކުރުމަސް މަސައްކަތް ކުރަމުންދަނީ އެމްޑީޕީއިން ކަމުގައެވެ. އަދި މިފަދަ ނިޒާމެއް ގަބޫލު ނުކުރާ އެއްވެސް […]
[ވިދާޅުވޭ...]
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިއްތިހާދެއްގެ ގޮތުގައި ވާދަކުރައްވާ އެމްޑީޕީއާއި ގައުމީ އިއްތިހާދު ގުޅިގެން އިންތިގާލީ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. މިކޮމިޓީ އިއުލާން ކުރައްވާފައިވަނީ މިއަދު އެމްޑީޕީގެ މައި ހަރުގޭގައި އޮތް ނޫސްކޮންފަރެންސްއެއްގައި އެމްޑީޕީގެ ވަގުތީ ރައީސް އަދި ނައިބްރައީސް އިބްރާހިމް ހުސައިން ޒަކީއެވެ. އެމްޑީޕީ އިއްތިހާދުން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު އިއުލާން ކުރެވުނު އިންތިގާލީ ކޮމިޓީއަކީ ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ވެރިކަމުގެ ބާރުތައް އޮމާންކަމާއި އެކު އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކަށް ބަދަލުކުރުމަށް އުފެއްދި ކޮމިޓީއެކެވެ. އެޑްވައިޒަރީ ކޮމިޓީއެއްގެ […]
[ވިދާޅުވޭ...]
އެތައް ޒަމާންތަކެއް ވަންދެން ބާރުތައް ހިފަހައްޓައިގެން ކުރި ވެރިކަން އޮމާންކަމާއި އެކު ފުރޮޅާލުމުގެ މަރުހަލާތައް ވަގުތުން ފެށުމަށް މިހާރު ރާއްޖޭގެ ރައީސްކަމުގައި ވަގުތީ ގޮތުން ހުންނެވި މައުމޫނު އަބްދުލްގައްޔޫމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ގޮވާލައްވައިފިއެވެ. އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯ ނެރުމަށްޓަކައި ހެދިގޮޑުދޮށް ސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީ އިއްތިހާދުން ކާމިޔާބުކުރާނެއެވެ. އޮކްޓޫބަރު ހަތަރެއްގައި އެކަން ޔަގީންވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ވެރިކަން […]
[ވިދާޅުވޭ...]
އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން މިސަރަހައްދުގައި އެންމެ ފެންވަރު ރަގަޅު ބައިނަލްއަގްވާމީ ފެންވަރުގެ ހޮޓެލް ސްކޫލް މިރާއްޖޭގައި ގާއިމްކުރައްވާނެކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވެއްޖެއެވެ. ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދަކުން ގެންގުޅުއްވާނެ ޓޫރިޒަމް ސިޔާސަތާއި ވަޒީފާގެ ސިޔާސަތު ހާމަކުރުމަށް ބޭއްވި ނޫސްކޮންފަރެންސްގައެވެ. ހޮނިހިރު ދުވަހު އެމްޑީޕީގެ ހަރުގޭގައި އޮތް މި ނޫސްކޮންފަރެންސްގައި ޒަކީ ވިދާޅުވި ގޮތުގައި އަދިވެސް ރާއްޖޭގައި ހުރީ އެންމެ ހޮޓެލް ސްކޫލެކެވެ. އަދި މިތަނުގެ ފެންވަރު ހުރީ އެންމެ […]
[ވިދާޅުވޭ...]