September 25, 2008
ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގައި މެނުވީ ރައްޔިތުންނަށް މަންފާކުރާ ވެރިކަމެއް ނުކުރެވޭނެ – ކެންޑިޑޭޓް ނަޝީދު
ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމަކުން ނޫނީ ރައްޔިތުންނަށް މަންފާ ކުރާ ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ހއ އަދި ށ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގައި ށ ކަނޑިތީމުގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެއަށް ތައާރަފްކުރުމަސް މަސައްކަތް ކުރަމުންދަނީ އެމްޑީޕީއިން ކަމުގައެވެ. އަދި މިފަދަ ނިޒާމެއް ގަބޫލު ނުކުރާ އެއްވެސް […]
އެމްޑީޕީ އިއްތިހާދުގެ ފަރާތުން އިންތިގާލީ ކޮމިޓީއެއް އިއުލާންކުރައްވައިފި
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިއްތިހާދެއްގެ ގޮތުގައި ވާދަކުރައްވާ އެމްޑީޕީއާއި ގައުމީ އިއްތިހާދު ގުޅިގެން އިންތިގާލީ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. މިކޮމިޓީ އިއުލާން ކުރައްވާފައިވަނީ މިއަދު އެމްޑީޕީގެ މައި ހަރުގޭގައި އޮތް ނޫސްކޮންފަރެންސްއެއްގައި އެމްޑީޕީގެ ވަގުތީ ރައީސް އަދި ނައިބްރައީސް އިބްރާހިމް ހުސައިން ޒަކީއެވެ. އެމްޑީޕީ އިއްތިހާދުން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު އިއުލާން ކުރެވުނު އިންތިގާލީ ކޮމިޓީއަކީ ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ވެރިކަމުގެ ބާރުތައް އޮމާންކަމާއި އެކު އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކަށް ބަދަލުކުރުމަށް އުފެއްދި ކޮމިޓީއެކެވެ. އެޑްވައިޒަރީ ކޮމިޓީއެއްގެ […]