އެތައް ޒަމާންތަކެއް ވަންދެން ބާރުތައް ހިފަހައްޓައިގެން ކުރި ވެރިކަން އޮމާންކަމާއި އެކު ފުރޮޅާލުމުގެ މަރުހަލާތައް ވަގުތުން ފެށުމަށް މިހާރު ރާއްޖޭގެ ރައީސްކަމުގައި ވަގުތީ ގޮތުން ހުންނެވި މައުމޫނު އަބްދުލްގައްޔޫމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ގޮވާލައްވައިފިއެވެ. އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯ ނެރުމަށްޓަކައި ހެދިގޮޑުދޮށް ސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީ އިއްތިހާދުން ކާމިޔާބުކުރާނެއެވެ. އޮކްޓޫބަރު ހަތަރެއްގައި އެކަން ޔަގީންވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ވެރިކަން […]
September 24, 2008
September 23, 2008
އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ހުރިހާ ހަރަކާތްތެރިން ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ކެންޑިޑޭޓް ނަޝީދު އެދިލައްވައިފި
އެމްޑީޕީ އިއްތިހާދުގެ އަނެއް ދިވެހިރާއްޖެ ކެމްޕޭން ހަރަކާތްތެރިން ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްކުރިޔަށް ގެންދިޔުމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އެދިލައްވައިފިއެވެ. ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިގޮތަށް އެދިލެއްވީ އެމްޑީޕީގެ ފުރަތަމަ ރަޖިސްޓްރީ ކުރި ގޮފިކަމުގައިވާ ޖަންބުގޮފީގެ ފަރާތުން އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ހަރަކާތްތައް ހިންގުމަށްޓަކައި ރޭ ހުޅުވި ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މިޖަގަހަ ހުޅުވުމަށްޓަކައި ކެންޑިޑޭޓް ވަޑައިގެންނިވީ ޖަގަހައާއި ޖެހިގެން ހުރި ބައެއްގޭގައި ދިރިއުޅޭ […]
އެޓޯލް ރޭޑިޔޯއިން ނެގި ހިޔާލު ހޯދުމުގެ ވޯޓުންވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވައިފި
މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އާއްމުންގެ ތެރޭގައި އެންމެ މަގުބޫލު ބޭފުޅެއް ބެލުމަށްޓަކައި އެޓޯލް ރޭޑިޔޯގެ ފަރާތުން ކުރިޔަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުންވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވައިފިއެވެ. އެސްއެމްއެސް ފޮނުވައިގެން ވޯޓުލެވޭ ގޮތަށް ހަފްތާއެއް ތެރޭގައި ކުރިޔަށް ގެންދިޔަ މިވޯޓުގެ ނަތީޖާ ދައްކާ ގޮތުން ވޯޓުލީ މީހުންގެ %71 އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ތާއީދު ކުރައްވައެވެ. މުޅި އެކު 7000 […]