ދިވެހިރާއްޖޭވަނީ މައސަލަތަކުގެ ހާއްޔަކަށް މިއަދު ވެފައި ކަމަށާއި މިހުރި މައްސަލަތައް ހައްލުކުރެވޭފަދަ ކުޅދަނަކަމާއި ޤާބިލްކަން މިހާރުގެ ސަރުކާރުގައި ނެތުމުންކަމަށް ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ. ވަޠަން އެދޭގޮތަށް ކެމްޕޭންގެ ފަރާތުން މާލެ ވިލިނގިނލީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ މިޒަމާނަށް ފެތޭ މިޒަމާނާ ގުޅޭ ކެމްޕޭނެއް ކުރުމުގެ ޤާބިލްކަމެއްވެސް ޑީއާރުޕީއަށް ލިބިނުވާ ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ ދިވެހިރާއްޖޭގައި ކުރެވިފައިހުރި ހުރިހާ ކަމެއް ކުރެވިފައިހުރީ ތިމަން މަނިކުފާނަށްކަމަށް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވަން […]
October 21, 2008
ރައީސް މައުމޫނު ވެރިކަން ކުރައްވަނީ ގާތްމީހުންނަށް ފުރުސަތުދީ ހިޔާލު ތަފާތު މީހުންނަށް ހުރިހާ ގޮތަކުން ދަތިކޮށްގެން- މޮޑީ
ރައީސް މައުމޫން ދިވެހިރާއްޖޭގައި ވެރިކަން ކުރައްވަމުން ވަޑައިގެންފައިވަނީ ރައިސް މައުމޫންގެ ގާތް ބޭފުޅުންނަށް ފުރުސަތު ދެއްވައިގެން ރައީސް މައުމޫނާ ޚިޔާލުތަފާތުވާ ބޭފުޅުންނަށް ހުރިހާ ގޮތަކުން ދަތިތައް ކުރިމަތި ކުރައްވައިގެން ކަމަށް އެމްޑީޕީ އިންތިޚާބުގައި ހިމެނިވަޑައިގަންނަވާ ޏ.އަތޮޅު މެންބަރު މުޙައްމަދު އިބްރާހިމް ދީދީ (މޮޑީ) ވިދާޅުވެއްޖެއެވެ. މުހައްމަދު އިބްރާހިމް ދީދީ ވިދާޅުވީ ނާއއިޒު ގޮތުގައި ފައިދާތައް ލިބުނު މީހުން އެތިއްބެވީ ޑީއާރުޕީގައި ކަމަށާއި ޑީއާރުޕީގައި ތިބި ގިނަ މީހުން އެތިބީ އެހެން ގޮތަކަށް ބަދަލު ނުވެވޭވަރަށް އޭގެތެރެއަށް މޫލާފައި […]
މައުމޫނު ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ވެރިކަމަށް ދަހިވެތިވުމުގައި ހައްދުން ނެއްޓިފައިވާތީ- ޑރ ވަހީދު
މައުމޫން ޢަބްދުލްޤައްޔޫމް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވައިގެން އެ އުޅުއްވަނީ ވެރިކަމަށް ދަހިވެތިވެ، ހައްދުން ނެއްޓިފައިވަ ބޭފުޅަކަށް ވާތީ ކަމުގައި ވަޠަން އެދޭ ގޮތަށް ކެމްޕޭން ކުރައްވާ އެމްޑީޕީ އިއްތިހާދުގެ ރަނިންގމޭޓް ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ރޭ މާލެވިލިނގިނލި ރައްޔިތުންނާ ބައދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ވެރިކަމުގައި ތިރީސް އަހަރު ހޭދަކުރެއްވުމަށްފަހު އިތުރު ދައުރަކަށް ކުރިމަތިލައްވައި ރައްޔިތުންގެ ވޯޓުގެ ސާޅީށް ޕަސެންޓް ލިބިވަޑައިގަތުމުން އެހެން ގައުމެއްގައި ނަމަ މައުމޫނަށް […]
October 20, 2008
Wathan Edhey Gothah event live!
Live streaming of tonight’s meeting available from this link
http://www.rol.net.mv/live/Whathan-Edhey-Gothah.html
October 19, 2008
އަޅުގަނޑުމެން މިދަނީ އުފާވެރި ބަދަލަކާ ދިމާލަށް
ހާސްކަން ދޫކޮށްލައްވާށެވެ. ކުޑަ ކަޅުތެޔޮކޮޅެއް ރީނދުލުގެ މައްޗަށް ހަމަ ޖަހާއިރަށް ރަތަށް ވަޑައިނުގަތުން އެދެމެވެ. އެހެރަ ކަންކަމަކީ، ބަދަލުވުމަށް ބިރުން އުޅޭ ބައެއްގެ ބޭގަރާރު ހަރަކާތްތަކެކޭ ވެސް ބައެއް ބޭފުޅުން ވިދާޅުވަމުން އެބަދެއެވެ. ބަޔަކަށް ހާސްކަން ކަނޑާލެވޭނީ، ކުރިމަތިން ފެންނަ ހަގީގަތާއި ކުޑައިކޮން ވިސްނުމުގެ ތެރެއިން ފޭވެލީމައެވެ. މަދު ވަގުތުކޮޅެއް ހަމަހިމޭނުން އިނދެ ވިސްނާލުމުގެ ފުރުސަތު ހޯދައިގެންނެވެ. ނިންމަން އޮތީ ވަރަށް މުހިންމު ނިންމުމަކަށް ވާތީ ދޮގެއްތޯއެވެ؟
28 އޮކްޓޯބަރ 2008 ވާ އަންގާރަދުވަސް ގޯޅިކަންމަތިން ލަނބާލައިފި ދޮގެއްތޯއެވެ؟ އެދުވަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެނެސްދޭނީ ހިތްފުރި ބަންޑުންވާވަރުގެ ކާމިޔާބީއެއްކަން ޔަގީންކުރައްވާށެވެ. އިއުތިގާދު ވަރަުގަދަކުރައްވައިފިނަމަ މިކަން މިއަންނަނީ ނިމޭށެވެ.