October 19, 2008
October 18, 2008
އަލްޖަޒީރާގެ ވަން އޯ ވަން ޝޯއަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިންޓަވިއުއެއް ދެއްވައިފި
އަލްޖަޒީރާ އިނގިރޭސި ޗެނަލްގެ ވަންއޯވަން އީސްޓް ޝޯއަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިންޓަވިއުއެއް ދެއްވައިފިއެވެ. މަޝްހޫރު ޝޯ ޕްރެޒެންޓަރ ފައުޒިއްޔާ އިބްރާހިމް ހުށަހަޅައިދޭ މިޝޯއަށް ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ދެއްވި އިންޓަވިއުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންނަށް ނަޝީދު ކޮށްދެއްވާނެ ކަންތައްތައް ހާމަކޮށްދެއްވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތް މިންވަރު ސަބަބާ އެކު ނަޝީދު ހާމަކޮށްދެއްވިއެވެ. ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ 30 އަހަރުވީ ޚުދުމުޚްތާރު ވެރިކަން […]
“ވަތަން އެދޭގޮތަށް” ކެމްޕޭންގެ ފަރާތުން މާލޭގައި ދެޖަގަހައެއް ހުޅުވާ ރޫހު އާލާކުރުމުގެ ހާއްސަ ހަފްލާއެއް ބާއްވައިފި
ހަތް ސިޔާސީ ޕާޓީ ގުޅިގެން ހިންގަމުންދާ “ވަތަން އެދޭގޮތަށް” ކެމްޕޭންގެ ފަރާތުން މާލޭގައި ދެ ޖަގަހައެއް ހުޅުވާ، އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށްޓަކައި ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ. ހުކުރު ދުވަހުގެރޭ ހުޅުވި ދެޖަގަހައަކީ ހ. ދޮންއަންނާރުގޭގައި ހުޅުވި ގާމަގު ޖަގަހައާއި މ. ވިލުފުށީގައި ހުޅުވި “ޕިންކް ޖަގަހަ”އެވެ. މިދެޖަގަހަ ހުޅުވައިދެއްވުމުގައި ހަތްސިޔާސީ ޕާޓީގެ އިސްބޭފުޅުންނާއި އެކު އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ބައިވެރިވެވަޑައިގަތެވެ. ޖަގަހަ ހުޅުވުމުގެ އިތުރުން ހުކުރު ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާ […]
“…އިދިކޮޅު އެންމެން ތިތިބީ ގޮތް ހުސްވެފައި. އަންނި ދެވަނައަށް އައީ. އޭނަޔާ މައުމޫނާ ވަކިން ރޭސްދުއްވާ ރޭހުގަ، އޭނަ ބަލިވާތަން މީހުނަށް ދައްކުވަން ވެގެން. އިރާދަކުރެއްވިއްޔާ އެދުވަސް ތިޔަކުދިން މާލަހެއްނުވެ ދެކޭނެ. އެދުވަހަށް އިންތިޒާރު ކޮށްލައްވާ. ޝުކުރިއްޔާ!…”
ސުރުޚީގައި އެވާ ކޮމެންޓަކީ، ވޯޓްއަންނި.ކޮމް (www.voteanni.com) ވެބްސައިޓަށް ފޮނުވާފައިވާ ރައްދު ޚިޔާލެކެވެ. މި ޚިޔާލަކީ، އެ ސައިޓުގައި ލިޔެފައިވާ އެއްޗަކަށް ބޭފުޅަކުދެއްވި މިނިވަން ރައްދެކެވެ. ރައްދު ދެއްވި ލިޔުމުގެ ސުރުޚީއަކީ، “އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމު ދަތުރު ކުރާނީ ރަނގަޅު ބަނދަރަކާ ދިމާލަށް” މި އެވެ.
ރައީސް މައުމޫނު ވެރިކަމުގައި ހުންނެވުމަށް ޖައްސަވަމުންދާ ‘މަރުފަލީގެ’ ވާހަކައަށް މަޒުމޫނު އިޝާރާތް ކޮށްފައި އޮތުމީ، މި ފަދަ ރައްދެއް ލިބުމަށް މެދުވެރިކުރުވި އެއްސަބަބަށް ވެސް ވެދާނެއެވެ. ރައްދުދެއްވި ފަރާތުން ‘ތިޔަކުދިން’ ނޭ ވިދާޅުވެ ލިއުއްވާފައި އޮތުމުން ލަފާކުރެވެނީ، މި ކޮމެންޓް ލިއުއްވި ގަލަމަކީ، 1950 ގެ ސިކުނޑިއަކުން ވިސްނުން ލިބިވަޑައިގެންވާ ގަލަމެއްކަމެވެ. އެހެންކަމުގައި ވާނަމަ، އެ ލިޔުންތެރިޔާގެ ސިކުނޑިއަށް ސަވާރުވެއިން މީހެއްގެ ބާރުގައި، ލިޔުންތެރިޔާ އެ ހުންނެވީ ވަރަށްބޮޑު އަސަރެއްގައި ޖެހިވަޑައިގެން ގޮސް އަވަދިވެ ވަޑައިގެންފައެވެ. އެކަމާހެދި އޭނާގެ ސާހިބުމީހާއަށް ވަފާތެރިވާ ހާލު، އޭނާ އެހުންނެވީ ނިކަމެތިވެ ހިތްޕުޅު ބިރުފުޅުން ތެޅިތެޅިއެވެ.