Wathan Edhey Gothah – MDP

October 15, 2008

މަޖިލީހުގައި ތިބި އިދިކޮޅު ޕާޓީތަކުން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އުފައްދަވައިފި

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ސަރުކާރާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ގުޅިވަޑައިގެން މަޖިލީހުގެ މަސައްކަތްތައް ކުރުމަށްޓަކައި ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އުފައްދަވައިފިއެވެ. އެމްޑީޕީ އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މި ޖޮއިންޓް ގްރޫޕްގެ ލީޑަރ އަދި މާލޭގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ މި ގްރޫޕް އުފެއްދެވީ މަޖިލީހުގައި މިހާރު ތިއްބެވި އިދިކޮޅު ޕާޓީތަކުގެ ލިޑަރުންގެ އެއްބަސްވުމެއްގެ މަތީންކަމުގައެވެ. އަދި މި ގްރޫޕްގެ މަގާމްތަކަށް މެމްބަރުން ހޮވާފައިވަނީ މަޝްވަރާގެ މަތީން މަގާމްތަކަށް ހުރިހާ […]

[ވިދާޅުވޭ...]

ދީނޭ ކިޔައިގެން ރައްޔިތުންގެ ހިތުގައި ޝައްކުތަކެއް އުފެއްދުމަށް މައުމޫނު މަސައްކަތްކުރާނަމަ މަޑުން ނުތިބެވޭނެކަމަށް ޝައިހް ބީއޭ ނަސީމް ވިދާޅުވެއްޖެ

ދިވެހި ރާއްޖޭގެ ހާކިމާގެ ގޮތުގައި މައުމޫނު އަބްދުލް ގައްޔޫމު ހުރެގެން އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ނުކުރައްވާ ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ދީނޭ ކިޔައިގެން ދޮގު ވާހަކަތަކެއް ދައްކަވަމުން ގެންދަވާނަމަ އެކަންތަކާ އަޅާ ނުލާ މަޑުން ނުތިބެވޭނެކަމަށް އެމްޑީޕީގެ ދީނީ މަޝްވަރާ މަޖިލީހުގެ ރައީސް ޝައިހް އާދަމް ނަސީމް (ބީއޭ) ވިދާޅުވެއްޖެއެވެ. ނަސީމް މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ފަރާތުން އުފައްދާ ސަރުކާރަކުން ގެންގުޅުއްވާނެ ދީނީ ސިޔާސަތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައެވެ. ރައީސް […]

[ވިދާޅުވޭ...]

އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމު ދަތުރުކުރާނީ ރަނގަޅު ބަނދަރަކާ ދިމާލަށް

އަލިވިލޭ ދުވަހަކަށް ކުރި އިންތިޒާރު ހަނދުމަފުޅު ވޭތޯއެވެ؟ އެ ދުވަހަކީ 28 އޮކްޓޯބަރ 2008 ވާ އަންގާރަ ދުވަސް ކަމުގައި ވުމުގެ ހެޔޮ ތައުފީގް އަޅުގަނޑުމެންނަށް ދެއްވާށިއެވެ. ރައްޔިތުން ހޭލައިފިކަމުގެ ހެކި އަޅުގަނޑުމެން ދުށީ، މި ދިޔަ 8 އޮކްޓޯބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ. އެ ބުރު ނިމިގެން ކަންތައްތައް ވަމުން އައިސްފައިވާ ގޮތް، ތިޔަ އެންމެހާ ބޭފުޅުންނަށްވެސް މިހާރު އޮންނާނީ އެނގިވަޑައިގެންފައެވެ. ވޯޓުދިން މީހުންގެ 60 އިންސައްތަ ބޭނުންވީ، އެހެން ވެރިކަމެއް މި […]

[ވިދާޅުވޭ...]

October 14, 2008

ވަޠަން އެދޭ ގޮތައް- 13.10.08- އިތުރު ފޮޓޯ

[ވިދާޅުވޭ...]

މައުމޫނަށް ދެއްވާ ވޯޓް އެދެއްވެނީ ޔާމީނަށް ކަމުން އެއީ ވޯޓްދެއްވި މަގްޞަދު ގެއްލޭ ކަމެއް

ރިޔާސީ އިންތިޚާބު 2008 ގައި މައުމޫނަށް ވޯޓް ދެއްވި އަދި އެ އިންތިޚާބުގެ ދެވަނަ ބުރުގައި މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅޫންނަށް ވޯޓް އެދެއްވެނީ އެމަނިކުފާނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީނަށް ކަމުގައި ކުރީގެ ބަންޑާރަ ނާއިބު ޑރ. ޙަސަން ސަޢީދު ފާހަގަކުރައްވައިފިއެވެ. އޭނާ ފާހަގަ ކުރެއްވީ 75 އަހަރު ވެވަޑައިގެންފައިވާ މުސްކުޅި ބޭފޫޅަކު ކަމުގައިވާ މައުމޫނު އެމަނިކުފާނުގެ ސަރުކާރު ހިންގަވަން ޢަބްދުﷲ ޔާމީނު ކެބިނެޓަށް ގެންނެވީ ލިޔެވިފައިވާ އެގްރިމެންޓެއް ކުރެވިގެން ކަމަށެވެ. އަދި މައުމޫނު ގެ ސަރުކާރެއްގައި […]

[ވިދާޅުވޭ...]

އޮނަރަބަލް ގާސިމް އިބްރާހިމަށް ހޯމަ ދުވަހުގެ ރޭ ދޭން އުޅުނު ހަމަލާ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ބަޔަކު ހޯދާ އަދަބު ދިނުމަށް ފުލުހުންނަށް ގޮވާލަން – ކެންޑިޑޭޓް ނަޝީދު

[ވިދާޅުވޭ...]

އިންތިހާބުގައި ކާމިޔާބު ހޯދުމަށް ފައިސާ ބަހަމުންދިޔުމަކީ ފާފައެއް – އޮނަރަބަލް ގާސިމް އިބްރާހިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދުމަށްޓަކައި ބަޔަކު ފައިސާ ބަހަމުން އެބަދާކަމަށާއި އެއީ ބޮޑު ފާފައެއްކަމުގައި ޖުމުހޫރީ ޕާޓީގެ ރައީސް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. “ވަޠަން އެދޭގޮތަށް” ދިވެހި ގައުމުގެ ވެރިކަމުން މައުމޫން ބޭލުމަށްޓަކައި ކުރާ ކެމްޕޭން ރަސްމީކޮށް ފެއްޓުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންގެ މުސްތަގްބަލް ވިއްކާލާތޯ ބަޔަކު ފައިސާ ބަހަމުން އެބަދާކަމުގައެވެ. އަދި އެކަންތައް ނުކުރުމަށް ގާސިމް ގޮވާލެއްވިއެވެ. ގާސިމް ދިވެހި ރައްޔިތުންނަށް ގޮވާލެއްވީ […]

[ވިދާޅުވޭ...]

Previous Page »« Next Page